ސްކޫލުން ކަނޑާލުމުން ކުދިންތަކެއް ސްކޫލް ޢިމާރާތުގައި ރޯކޮށްލައިފި

އިންޑިއާގެ ސްކޫލެއްގައި ކިޔަވަމުންދާ 5 ކުދިންތަކެއް އެ ސްކޫލުން ކަޑާލުމުން އެ ކުދިން ސްކޫލް ޢިމާރާތުގައި އަލިފާން ރޯކޮށްލައިފި އެވެ.
އިންޑިއާގެ މަނިޕޫރްގެ ސެންޓްރަލް ސްކޫލުގައި ކިޔަވަމުންދިޔަ މި ކުދިން ސްކޫލުން ކަނޑާލާފައިވަނީ ސްކޫލުގައި ހެދިފައިވާ ޤަވާއިދު ތަކާ ޚިލާފަށް ތަކުރާރުކޮށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދިއުމުންނެވެ.
އެ ކުދިން ސްކޫލުން ކަނޑާލުމާ ގުޅިގެން އެންމެ ފުރަތަމަ އެ ކުދިން ރޭވީ އެ ސްކޫލުގެ ޕްރިންސިޕަލްގެ ގައިގައި "ރަނގަޅަށް" ތަޅާ ލުމަށެވެ. ނަމަވެސް އެ ހިޔާލު ބަދަލުކޮށް އެ ކުދިން ނިންމީ ސްކޫލުގައި ރޯކޮށް އެ ސްކޫލް ބިމާ ހަމަކޮށްލުމަށެވެ.
މި ހާދިސާއާ އެކު އެ ސްކޫލުގެ އިސްވެރިން ޓީޗަރުންނާއި ބެލެނިވެރިން އަދި އެ ސްކޫލުގައި ކިޔަވަމުންދިޔަ ކުދިން ތިބީ ކުއްލި ސިހުމެއްގެ ތެރޭގަ އެވެ.
އެ ސްކޫލުގެ ކުރީގެ ޕްރިިންސިޕަލް ބުނީ މިއީ ގަބޫލުކުރަން ވެސް ދަތި އަދި  އަޑުއަހަން އެހާމެ އުނދަގޫ ވާހަކައެއް ކަަމަށެވެ. އަދި މުޖުތަމައުގެ ކުރިއެރުމަށް ހަދާފައި ހުންނަ މިފަދަ ތަންތަނަށް ހުރިހާ އުމުފުރައެއްގެ ބަޔަކު ވެސް އިހުތިރާމް ކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ސްކޫލް އެވަނީ އަންދާލާފަ. އެކަމަކު ހިތްވަރު ދެރަކޮށްގެން ނުވާނެ. މާދަމާ ސްކޫލަށް އެހީތެރިވުމުގެ ގޮތުން ބޭންކް އެކައުންޓެއް ހުޅުވާނަން. އަދި ސްކޫލަށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ސާމާނުތަށް ފޯރުކޮށްދޭނަން. މިފަދަ ކަންކަމުން އަރައިގަތުމުގެ ހިތްވަރު އަހަރުމެންގެ ގައިގައި ހުންނަން ޖެހޭނެ." އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ