ޝަރީޢަތް ނިމެންދެން ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި
ޝަރީޢަތް ނިމެންދެން ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.މިކަން ވަނީ ނާޒިމްގެ ޤާނޫނީ ޓީމުން ކަށަވަރު ކޮށްދެއްވާފައެވެ.އަދި ނާޒިމްގެ ޤާނޫނީ ޓީމުން ވަނީ މި މައްސަލަ ވެސް ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.ނާޒިމްގެ މައްޗަށް ކުރާ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މުޖުތަަމަޢުގެ ހަމަޖެހުމާއި ރައްކަލަށް ޓަކައި ކަމަށް އެ ކޯޓާ ޙަވާލާދީ ނާޒިމްގެ ޤާނޫނީ ޓީމުން ވަނީ ބުނެފައެވެ.އެހެން ނަމަވެސް ނާޒިމެކޭ އެއްފަދައިން މި ދަޢުވާ އުފުލާފައިވާ އެހެން ފަރާތްތައް މުޖުތަމަޢަށް ދޫކޮށްލާފައި ވާތީ ޢާއްމުންގެ ގިނަ ބަޔަކުވެސް ދަނީ ނާޒިމްގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތު ތަކާއި މެދު ސުވާލު އުފައްދަމުންނެވެ.އެގޮތުން ޓެރަރިސްޓުންގެ އަތްދަށުން ޤައުމު ސަލާމަތް ކޮށްދެއްވި ބަޠަލެއްގެ ލަޤަބު ހޯއްދަވާފައިވާ މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ ޢަލީ ޖަލީލާއި ދެކޮޅަށްވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދަޢުވާ އުފުލާފައެވެ.އެހެން ކަމުން މިއީ ޓެރަރިޒަމްގެ ދަޢުވާ އުފުލާފައިވާ ބޭފުޅަކު ޤައުމެއްގެ ދިފާޢީ ވަޒީރުކަން ކުރައްވާ ފުރަތަމަ ޤައުމު ކަމަށް ސިޔާސީ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.ޝަރީޢަތް ނިމެންދެން ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި ނަމަވެސް ދެން ޝަރީޢަތުގެ މަޖިލީހެއް އޮންނާނެ ދުވަހެއްވެސް އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ