ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި، ޕީޕީއެމުގެ ކެންޑިޑޭޓް އަހުމަދު ޝަރީފު އާދަމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ކުރީގެ ރައީސް އަދި ޕީޕީއެމުގެ އިންތިގާލީ ރައީސް މައުމޫން ތިމަރަފުށީ ދާއިރާގައި ހިމެނޭ ގުރައިދޫއަށް ފުރާވަޑައިގެންފި އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން މައުމޫން ތ.ގުރައިދޫއަށް ފުރާވަޑައިގެންފައިވާ ކަމަށާއި އެމަނިކުފާނަށް އެރަށުން މަރުހަބާ ދެންނެވުމަށް ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އަދި ޕީޕީއެމަށް ލިބުނު ކާމިޔާބީއާއި ގުޅިގެން މިރޭ ގުރައިދޫގައި ވަރަށް ޚާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށާއި، އެޖަލްސާގައި ޕީޕީއެމުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ޕީޕީއެމްގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިރޭ ބާއްވާ ޙާއްސަ ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާއިރު ޖަލްސާގައި ބައިވެރިވުމަށް ތިމަރަފުށީގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން ވެސް ގުރައިދޫއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕީޕީއެމަށް ލިބުނު ކާމިޔާބީއާއި ގުޅިގެން ކުރީގެ ރައީސް މައުމޫން ގުރައިދޫއަށް ވަޑައިގަންނަވާއިރު އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވެސް ގުރައިދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ގުރައިދޫ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.
އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ޕީ.ޕީ.އެމްގެ ކެނޑިޑޭޓް އަހްމަދު ޝަރީފް ކާމިޔާބުކުރެއްވީ އެމް.ޑީ.ޕީގެ ކެނޑިޑޭޓް މުހައްމަދު މުސްތަފާއާއި ވާދަކުރައްވާ ނުހަނު ބޮޑު ތަފާތަކުންނެވެ. މިގޮތުން އެމް.ޑީ.ޕީގެ ކެނޑިޑޭޓް މުހައްމަދު މުސްތަފާއަށް ޖުމްލަ 1327 ވޯޓު (43.00 އިންސައްތަ) ލިބިވަޑައިގެންނެވިއިރު ޕީ.ޕީ.އެމްގެ ކެނޑިޑޭޓް އަހުމަދު ޝަރީފްވަނީ 1756 ވޯޓު (56.90 އިންސައްތަ) ހޯއްދަވާފައެވެ. ދެން މިދާއިރާއަށް ވާދަކުރެއްވި އަބްދުއްރަޝީދު އަބްދުﷲ އަށް ލިބިވަޑައިގަތީ 3 ވޯޓެވެ. އެއީ 0.1 އިންސައްތައެވެ.
ޕީޕީއެމްއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މައުމޫން ގުރައިދޫއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ