އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ހއ. އަތޮޅާއި ޅ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވައިޓް އެލާޓް ނެރެފިއެވެ. އެ އޮފީހުން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 12:15 އިން 16:00 އަށެވެ. މެޓުން ބުނެފައިވާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދި އޭގެ އިތުރުން ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓުން ބުނެފައިވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ