ކުނި އަންދައިގެން ކަރަންޓް އުފެއްދުމަށް ހިންގާ މަޝްރޫއަށް 6 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރާއި އަބޫދާބީ ފަންޑާ އެކު ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުއެވެ. އަބޫދާބީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓަ ޖެެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއެވެ.
މަޝްރޫއު ފަަށާތާ ފަސް އަހަރު ދުވަސް ފަހުން ފައިސާ ދައްކަން ފަށަންޖެހޭ ގޮތަށް ދޫކޮށްފައިވާ މިލޯނަކީ ދެ ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއް ހިމެނޭ ލޯނެކެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއެއްބަސްވުމަކީ ހދ. އަތޮޅުގެ ރަށްތަކާއި، ރ. ވަންދޫގެ އިތުރަށް، އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއަށް ލޯނު ދިނުމާ ގުޅޭ އެއްބަސްވުމެއް ކަމަށެވެ. މި ތަންތަނުގައި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ކަރަންޓް އުފައްދާ ޕްލާންޓްތަކެކެވެ.
މި ޕްލާންޓުން ކަރަންޓް އުފައްދަން ބޭނުންކުރަނީ ކުނީގެ ގޮތުގައި އުކާލެވޭ ބާވަތްތައް އެންދުމުން އުފެދޭ ހޫނެވެ.
20 އަހަރު ދުވަހުގެ ތެރޭ ލޯނު ދައްކައި ނިންމަން ޖެހޭއިރު، އިންޓަރެސްޓުގެ އިތުރަށް ލޯނުގެ 0.5 އިންސައްތަ އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މި މަޝްރޫއު ފަށާނެ ދުވަހެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކުނި އަންދައިގެން ކަރަންޓް އުފެއްދުމަށް އަބޫދާބީ ފަންޑުން 6 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ