ޖޭޕީގެ ލީޑަރު ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅޭ ލިޔުންތައް ހަވާލުކުރަން ގާސިމް ކޯޓަށް ހާޒިރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މައްސަލައާއި ގުޅޭ ލިޔުންތައް ހަވާލުކުރުމަށް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
މިއީ މިދައުވާތައް ގާސިމް އިބްރާހީމްގެ މައްޗަށް އުފުލުނު ދެވަނަ ފަހަރެވެ. މިދައުވާ ތަކުގައި މީގެ ކުރިން ދައުވާ އުފުލި ޝަރީއަތް ނިމި ހުކުމް ކުރާ ހަމައަށް ގޮސްފައިވަނިކޮށް މިމަހުގެ 10 ދުވަހު ބޭއްވި މިމައްސަލައިގެ ޝަރީއަތުގެ ފަހު ބަޔަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުން ކްރިމިނަލް ކޯޓުން މިމައްސަލަ އޭރު ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ