ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރުމުން ފެނިގެންދަނީ މުއައްސަސާތަކުގެ އުއްމީދު ގެއްލިފައިވާ މިންވަރުކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅު ވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ 54 ހަތަރު ވަކީލަކު ރޭ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސަސްޕެންޑް ކުރުމާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެLarge scale suspension of lawyers clearly shows how desperate the authorities have become!— Maumoon Abdul Gayoom (@maumoonagayoom) September 11, 201754 ވަކީލުން ސަސްޕެންޑް ކުރި މައްސަލާގައި އެކަން ކުރި ބަޔަކު ހައްޔަރުކޮށް އުއްތަމަ ފަނޑިޔާރާއި މެދު ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ޓްވިޓަރ މެދުވެރިކޮށް ރޭވަނީ ގޮވާލައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ 54 ހަތަރު ވަކީލަކު ސަސްޕެންޑް ކޮށްފައިވަނީ ޤާނޫނު އަސާސީއާއިވެސް ހިލާފަށް ކަމުގައެވެ.SC in vanee Qaanoon Asaasee aai mulhin khilaafah 54 vakeelun suspend kohfa. Mikankuri bayaku hayyaru kurumah MNDF aai MPS ge kibain edhen— Mohamed Nasheed (@MohamedNasheed) September 10, 2017ރައީސް ނަޝީދު ވިދާޅުވީ "ސްޕްރީމް ކޯޓުންވަނީ ޤާނޫނު އަސާސީއާއި މުޅިން ހިލާފަށް 54 ވަކީލަކު ހައްޔަރު ކޮށްފައި، މިކަން ކުރި ބަޔަކު ހައްޔަރު ކުރުމަށް އެމްއެންޑީއެފާއި ފުލުހުންގެ ކިބައިން އެދެން" މިހެންނެވެ.
މީގެ އިތުރުން ރައީސް ނަޝީދުވަނީ މިމައްސަލާގައި އުއްތަމަ ފަނޑިޔާރާއި މެދު ފިޔަވަޅު އެޅުމަށް ބައިނަލް އަޤްވާމީ މުޖްތަމަޢުއަށް ގޮވާލައްވާފައެވެ.SC suspends 54 lawyers for raising concerns on lack of rule of law. Intl community must impose targeted sanctions against the Chief Justice.— Mohamed Nasheed (@MohamedNasheed) September 10, 2017ޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސަސްޕެންޑް ކޮށްފައިވަނީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް އިލްތިމާސްކޮށް މިދިޔަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށައެޅުމަށް މަސައްކަތްކުރި 56 ވަކީލުންގެ ތެރެއިން 54 ވަކީލެކެވެ.
އެދުވަހު 21 ވަކީލަކު ސްޕްރީމް ކޯޓަށް ޕެޓިޝަން ހުށައެޅުއްވުމަށް ވަޑައިގެންނެވި ނަމަވެސް ކޯޓުން ޕެޓިޝަން ބަލާގަނެފައެއް ނުވެއެވެ. ނަމަވެސް ސަސްޕެންޑް ކޮށްފައިވާ 54 ވަކީލުންނަކީ އެ ޕެޓިޝަންގައި ސޮއިކުރި 54 ވަކީލުންނެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކީލުން ސަސްޕެންޑްކުރީ ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވި އެއްވުމާއި ގުޅިގެން ކަމުގައެވެ.
އަދި ވަކީލުން ސަސްޕެންޑް ކުރީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ)އާ ހިލާފަށް، އަދި ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދާއި، އެ ގަވައިދުގެ ޖަދުވަލު އެކެއްގައިވާ ގާނޫނީ ވަކީލުންގެ އިގުރާރާއި، އަދި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދާއި، ކޯޓުތަކުގެ ގާނޫނާއި، ސުޕްރީމް ކޯޓުގެ ގަވައިދާ ޚިލާފަށާއި އަދި ޤާނޫނުއަސާސީއާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
"އަދުލު އިންސާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހްތިސޯސްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ހިލާފު ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ހުރުމަތް ކެނޑި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާތީ ސަސްޕެންޑް ކުރި ވަކީލުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވިފައިވާ ކަން އާންމުކޮށް އަންގާ އިއުލާންކުރާ" ކަމަށްވެސް ބަޔާނުގައި ވެއެވެ.
މިދިޔަ މަހު 30 ވަނަ ދުވަހު 56 ވަކީލުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި އާ ގާނޫނު އަސާސީ ތަންފީޒު ކުރަން ފެށީއްސުރެ ކޯޓުތަކުން މަސައްކަތް ކުރަނީ ގާނޫނު އަސާސީ ދިފާއު ކުރަން ފަސް ޖެހި، ކޯޓުތަކަށް ދީފައިވާ މަނަހުން ބޭރުވެ، އިންސާފާ ދުރުވެގަނެ، ގާނޫނުތަކަށް ވުރެ ސިޔާސީ މަސްލަހަތަށް ބަލައިގެން ކަން ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ފަނޑިޔާރުންނާ މެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުން ދުރުވެގަތުމަށް ކުރި ކަމެއް ނެތް ކަމަށާއި ޖޭއެސްސީން ވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބުނެފައިވެއެވެ.
ޝަރުއީ ދާއިރާއަށް އިތުބާރު ހޯދަން ޝަރުއީ ދާއިރާގެ ތެރެއަށް ގެނެވުނު އިސްލާހެއް ނެތް ކަމަށާއި، ޝަރީއަތް ކުރުމުގައި ބައެއް ފަނޑިޔާރުން އަމަލު ކުރައްވާ ނޭދެވޭ އިޖުރާއަތުތައް އިސްލާހު ކުރަން ކަމެއް ކުރެވިފައި ނެތް ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ. ކަންކަން ހުރީ އެއާ ދިމާ އިދިކޮޅަށް ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.
ކޯޓުތަކަށް ފާޑު ކިޔާ ފަރާތްތަކަށް އިންޒާރުދީ ބަޔާން ނެރުމުން ކޯޓުގެ ހުރުމަތް ރައްކާތެރި ނުކުރެވޭނެ ކަމަށާއި، ފަނޑިޔާރުންގެ ސުލޫކާއި، ޝަރީއަތް ކުރާ ގޮތަށް ބަދަލު ގެނެސް ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުން ސަލާމަތްވެ ތިބިކަން ދައްކައިގެން ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެއެވެ.
ސިޔާސީ މީހުންގެ މައްސަލަތައް އަވަސް އަރުވާލައިގެން ބަލާއިރު ނިކަމެތިންގެ މައްސަލަތައް ނުނިމި އެތައް ދުވަހެއްވާ ކަމަށާއި، ވޭތުވެ ދިޔަ ހަތަރު އަހަރު ބައެއް ޝަރީއަތްތައް ސިއްރުކޮށްފައިވަނީ ގާނޫނީ އަދި ދުސްތޫރީ ހަމައެއް އޮވެގެން ނޫން ކަމަށް ބުނެފައިވެއެވެ.
"ރައީސް ނަޝީދުގެ މައްސަލައާއި، ކާނަލް ނާޒިމްގެ މައްސަލައާއި، ޝައިހް އިމްރާންގެ މައްސަލައާއި އަދީބުގެ މައްސަލައާއި މުހުތާޒު މުހުސިންގެ މައްސަލައާއި ގާސިމް އިބްރާހީމްގެ މައްސަލައާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހުށަހަޅައި ހިންގުނު މައްސަލަތައް ބެލުމުގައި ރެޔާއިދުވާލު ހޭލައި ތިބެގެން އަވަސް އަރުވާލައިގެން މައްސަލަބަލައި ދަންވަރު ހުކުމްކުރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" ވަކީލުންގެ ޕެޓިޝަންގައި ބުނެފައިވެއެވެ.
ވޭތުވެ ދިޔަ ހަތަރު ވަރަކަށް އަހަރު ހުށަހެޅުނު ބައެއް ޓެރަރިޒަމްގެ ދައުވާތަކަކީ ޓެރަރިޒަމްގެ ގާނޫނަށް ފެތޭ ދައުވާތަކެއް ނޫންކަން ފާޅުކޮށް އެނގެން އޮތް އިރު އެފަދަ ދައުވާތައް ސާބިތުވެފައިވަނީ ސިޔާސީ ވިސްނުމާ ނުފޫޒުނެތި ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، މައްސަލަބެލުމުގައި އަވަސް އަރުވާލައި، އިޖުރާއަތުތައް ކުރުގަޅުވާލައި، ރެއާދުވާލު ޝަރީއަތްކޮށް ދަންވަރު ހުކުމްކޮށްފައިވާ ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެއެވެ. ޝަރުއީ ދާއިރާގެ ކަންކަން ހުރިގޮތުން ޝަރީއަތަކީ ޗަރުކޭހެއް ކަމަށް އާންމުންނަށް ގަބޫލުކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި ފުލުހުން ބަންދު ކުރާ މީހުން ގެ މުއްދަތު އިތުރު ކުރުމުގެ މަޖިލިސްތައް ހިނގަމުން އަންނަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި ޚިލާފަށް ސިއްރު ކުރެވިގެންނެވެ. ސިޔާސީ މީހުންގެ މުއްދަތު ގިނަ ފަހަރަށް ޖަހަނީ އިންޓެލް ރިޕޯޓަށް ބިނާކޮށެވެ. އިންޓެލް ރިޕޯޓަކީ ހެކިކަމަށް ގަބޫލު ކުރުމުން، ފުލުހުން ހުށަހަޅާ އިންޓެލް ރިޕޯޓު ސިޔާސީ މީހުން ހައްޔަރުކުރުމުގެ ހަތިޔާރަކަށް ވެފައިވާ ކަމަށާއި ގާނޫނުގައި ބަޔާންކޮށްފައިވާ ސަބަބެއްނެތި އަދި ހެއްކެއް ނެތި، ހެކި ހޯދުމުގެ ބޭނުމުގައި ބަންދުގައި ބެހެއްޓުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމުގައިވީނަމަވެސް އެކަން އިސްލާހު ކުރުމަށް ޖުޑިޝަރީއިން ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޕެޓިޝަންގައި ގާސިމްގެ ޣައިރު ހާޒިރުގައި ހުކުމް ކުރި މައްސަލަ ވެސް ފާހަގަކޮށްފައިވެއެވެ. އަދި ސިޔާސީ ފަރާތްތަކާ ދެކޮޅަށް ސިއްރު ހެކިން ހުށަހަޅައިގެން ސިއްރު ހެކީންގެ ހެކި ބަހުގެ މައްޗަށް ބިނާކޮށްގެން ޝަރީއަތް ހިންގުމަކީ ގާނޫނާ އެއްގޮތަށް ކުރެވޭ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
ބައެއް ފަނޑިޔާރުން ވަގުތަށާއި ހަސްމުންނަށް އިހުތިރާމް ނުކުރާ ކަމަށާއި ރިޝްވަތު ނަގާ ކަމަށާއި ސިޔާސީ ނުފޫޒަށް ލެނބޭ ކަމަށް ކުރެވޭ ތުހުމަތުތައް ރަނގަޅު ކުރުމަށް އެއްވެސް ކަމެއް ނުކުރާކަން ފާހަގަކޮށްފައިވެއެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުންގެ ރުހުމެއް ނެތި އަދި ޖަވާބުދާރީ ވާން ފުރުސަތު ނުދީ އެއް ކޯޓު އަނެއް ކޯޓަށް ބަދަލުކުރުމާއި ވަކި މުއްދަތެއްނެތި ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި އިލްމީ ގާބިލު ފަނޑިޔާރުން މަގާމުން ދުރުކޮށް، އެ ބައެއްގެ ސުލޫކާމެދު ސުވާލު އުފެދޭ މީހުން ފަނޑިޔާރު ކަމަށް އައްޔަނު ކުރާ ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ ދަށުން ވަނީ ވަކީލުންގެ އެންމެހައި ކަންތައްތައް ބެލުމުގެ ޒިންމާ ނަގާފައިވާ ކަމަށާއި، ފިޔަވަޅުޔ އަޅަން ޖެހޭ ވަކީލުން ބައިތިއްބާފައި އިންސާފު ނުލިބޭ ވާހަކަ ދައްކާ ވަކީލުންނަށް ފިޔަވަޅު އަޅާ ކަމަށް ބުނެފައިވެއެވެ.
އޭގެއިތުރުން ގާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ބޭރުން ސްޕްރީމް ކޯޓުން އަމަލު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ. ފަނޑިޔާރުން އެއްފަނޑިޔާރަކު އަނެއް ފަނޑިޔާރަށް ނުފޫޒު ފޯރުވާ ކަމަށާއި އެއްކޯޓުން އަނެއް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ވެސް ބުނެފައިވެއެވެ. ހަމައެއް ލަމައެއް ނެތި ފަނޑިޔާރުން ކޯޓުތަކަށް ބަދަލު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
ވަކީލުންގެ ސަސްޕެންޝަނުން ފެންނަނީ އުއްމީދު ގެއްލިފައިވާވަރު: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ