ވެކްސިން ނުޖެހުމުގެ ހިތާމަ ކުރައްވާކަމަށް ވިދާޅުވެ، ހުރިހާ އެންމެން ވެކްސިން ޖެހުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންފިއެވެ.
މިމަހުގެ 8 ވަނަ ދުވަހު އާޒިމް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހާލަތު ހިއްސާކުރައްވާ އާޒިމް އާންމުކުރެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވެފައިވަނީ، މިއަދަކީ އޭނާ ކޮވިޑް ރޯގާ ތަޖުރިބާކުރަމުންދާތާ ފަސްވަނަ ދުވަސް ކަމަށެވެ.
ހުމާއި ރޯގާގެ ބިރުވެރި އަލާމާތްތަކަށް ފަހު މިއަދަކީ ތަންކޮޅެއް ފަސޭހަ، ލުއި ދުވަހެއް ކަމަށް އާޒިމްގެ މެސެޖުގައި ވިދާޅުވިއެވެ.
ކޮވިޑް ރޯގާގެ ވެކްސިން ނުޖެހުމުގެ ދެރައާއި ހިތަމާ އާއި އުނދަގޫ ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންފައިވާކަން އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.
އެެހެންކަމުން އާޒީމް ވަނީ ހުރިހާ ރައްޔިތުންވެސް އަވަހަށް ކޮވިޑް ވެކްސިން ޖެހުމަށް އެދިވަޑައިގެންފައެވެ.
ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ރާއްޖޭގައި މިހާރު ވެކްސިން ޖަހަންދާ ފަރާތްތަކުގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ، 188،436 އަށް އަރާފައެވެ.
ވެކްސިން ނުޖެހުމުގެ ހިތާމަކުރަން، ހުރިހާ ބޭފުޅުން ވެކްސިން ޖައްސަވާ: މެމްބަރު އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ