އެމެރިކާގެ ސްކޫލް ޑިސްޓްރިކްޓަކުން އީދު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

ވޮޝިންޓަން (ޖެނުއަރީ 17): އީދު ދުވަހާއި، ހިންދޫން ފާހަގަ ކުރާ ދިވާލީއާއި، ޗައިނާގެ އާ އަހަރު ފެށޭ ދުވަހަކީ ބަންދު ދުވަސްތަށް ކަމަށް އެމެރިކާގެ މޭރިލޭންޑް ސްޓޭޓްގެ ސްކޫލް ޑިސްޓްރިކްޓެއް ކަމަށްވާ ހޮވާޑް ކައުންޓީ ޕަބްލިކް ސްކޫލް ސިސްޓަމުން ނިންމައިފި އެވެ. ހޮވާޑް ކައުންޓީ ޕަބްލިކް ސްކޫލް ސިސްޓަމުގެ ބެލުމުގެ ދަށުގައި 71 ސްކޫލްވެ އެވެ. އެ ސްކޫލްތަކުގައި 50،000 ވަރަކަށް ދަރިވަރުން ކިޔަވަ އެވެ. "އަހަރުމެން ބޭނުންވޭ ހުރިހާ ދަރިވަރުންނަށްވެސް ތަފާތު ސަގާފަތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ދޭން،" ބޯޑް އޮފް އެޑިއުކޭޝަންގެ ހުރިހާ މެމްބަރުން އެނިންމުމަށް ތާއިދު ކުރި ބައްދަލުވުމަށްފަހު ބޯޑުގެ ޗެއާވުމަން ކްރިސްޓިން އޯ ކޮނާ ވިދާޅުވި އެވެ. މީގެ ކުރިން އެމެރިކާގެ އެހެން ސްޓޭޓްތައް ކަމަށްވާ މެސެޗޫސެޓްސްއާއި ކަނެކްޓިކަޓުން ވެސް ވަނީ އިސްލާމް ދީނުގައި ފާހަގަ ކުރާ ދުވަސްތައް ބަންދު ދުވަސްތަކަށް ހަދަން ނިންމާފަ އެވެ. (ނޫސްއޭޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ