ކުންފުންޏެއްގެ ނަމުގައި އެކި މީސް މީހުންގެ އަތުން ފައިސާ ނެގި މައްސަލަ ޕީޖީއަށް

ކުންފުންޏެއްގެ ނަމުގައި އެކި މީސް މީހުންގެ އަތުން ފައިސާ ނަގައި އެފައިސާ ބޭނުންކޮށްފައިވާ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 27 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މި މައްސަލައިގެ ތަޙްޤީޤު ނިންމުމަށްފަހު ދަޢުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މި މަހުގެ 6 ވަނަ ދުވަހު ކަމަށެވެ.
ޕީޖީއަށް ފޮނުވާފައިވަނީ މާލޭ ދަފްތަރު ނަންބަރު 676 އިބްރާހީމް ޝަރާޙް (31އ) ގެ މައްޗަށް ދައުވާކުރުމަށް އެދި އެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައިވާ މައްސަލައަކީ ގްލޯބަލް ޕްރޮޖެކްޓްސް ޑެވެލޮޕްމަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައި އޭނާ މަސައްކަތް ކުރިއިރު، އެކުންފުނިން އުފަށްދާފައިވާ ގްލޯބަލް މެމްބަރޝިޕް ކުލަބަށް މެމްބަރުން ރަޖިސްޓްރީ ކުރުމަށް ބޭނުންކުރާ ގްލޯބަލް ކުލަބް މެމްބަރޝިޕް ރެޖިސްޓްރޭޝަން ފޯމާއި ޕޭމަންޓް ރިސިޕްޓް ފޯޖް ކޮށްގެން ގްލޯބަލް މެމްބަރޝިޕް ކުލަބަށް މެމްބަރުން ވެއްދުމުގެ ނަމުގައި އެކި އެކި މީސް މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ.
މި މައްސަލަ ތަޙުޤީޤުކޮށްފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފްރޯޑް އެންޑް ފައިނޭންޝިއަލް ކްރައިމް ޑިޕާރޓްމަންޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ