ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވުނު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސީ ބަޔާން އިއްވެވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް ޔާމީނަށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް މައުމޫން މަރުހަބާ ދަންނަވާފައިވަނީ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައިއެވެ.
ރައީސް މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ދެއްވީ ވަރަށް ފުރިހަމަ ބަޔާނެއް ކަމަށާއި އެކަމަށް ޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަން ރައީސް ފެއްޓެވުމާ އެކު އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލިސް ޗެމްބަރުގައި އިހުތިޖާޖު ކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.
އެމްޑީޕީ އާއި ޖޭޕީ މެންބަރުން ރިޔާސީ ބަޔާން އިއްވެވުމަށް ހުރަސް އަޅުއްވަމުން ގެންދަވަނިކޮށް ރައީސް ޔާމީން ވަނީ ހުއްޓުމެއް ނެތި ރިޔާސީ ބަޔާން އިއްވަވައި ނިންމަވާލައްވާފައެވެ.
މިއަދުގެ ޖަލްސާ ކުރިއަށް ދިޔައިރު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުމާއި ގުޅިގެން މައުމޫން މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ