މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިން ދޭހަވަނީ ދިވެހި ރައްޔިތުން ދިވެހި ގައުމު އަނބުރާ ހޯދާފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސްރީ ލަންކާގެ ކޮލޮމްބޯގައި ހުންނެވި ނަޝީދު، ބައިނަލް އަގުވާމީ ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ގެއްލިފައިވާ ޑިމޮކްރަޓިކް ހައްގުތައް އަނބުރާ ދިވެހިން ހޯދާފައިވާ ކަމަށެވެ.
އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި ނިގުޅައިގަނެފައިވާ ހައްގުތައް ހޯދުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު ފެނިގެން ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ. އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި ނަމަވެސް މިއީ ޝައްކެއް ވެސް ނެތް ގޮތުގައި ކާމިޔާބީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ ސޯލިހްއަށް މަރުހަބާ ދަންނަވާ، ތައުރީފް ރައްދު ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނު ހައްޔަރު ކުރުމަށް ފަހު އިބޫ، އެމްޑީޕީގެ ލީޑާޝިޕަށް ވަޑައިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި އިބޫ ވަނީ އެތައް ޕާޓީއަކާއެކު ގުޅިގެން ވަރަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާފައިވާ ކަމަށާއި ވަރަށް ބޮޑަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
ދިވެހި ރައްޔިތުން ދިވެހި ގައުމު އަނބުރާ ހޯދައިފި: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ