މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ކެމްޕޭން ކުރުމަށްޓަކައި އެމްޑީޕީ އިއްތިހާދު ގުޅުމުގެ ފަރާތުން އައްޑު އަތޮޅުގައި ކެމްޕޭން ތިން އޮފީހެއް ހުޅުވައިފި އެވެ.
މި އަތޮޅު މަރަދޫފޭދު އާއި މަރަދޫގެ އިތުރުން މިދޫގައި ވަނީ އަންނި އަށް ކެމްޕޭން ކުރުމަށް ތިން އޮފީހެއް ހުޅުވައި، އެތަންތަނުގައި ކެމްޕޭން ކުރުމުގެ މަސައްކަތް ވެސް ފަށައިފި އެވެ.
މިތިން އޮފީހުގެ ތެރެއިން މަރަދު އާއި މަރަދޫފޭދޫގައި ކެމްޕޭން އޮފީސް ހުޅުވައިފައި ވަނީ ބުރާސްފަތި ދުވަހު އެވެ.
"ވަތަން އެދޭ ގޮތަށް" ޝިއާރުގެ ދަށުން މަރަދޫގައި ކެމްޕޭން އޮފީސް ހުޅުވައިދެއްވީ މިދިޔަ ބުރާސްފަތި ދުވަހު ޖުމްހޫރީ ގުޅުމުގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރެއްވި ގާސިމް އިބްރާހީމެވެ. މަރަދޫފޭދޫ ކެމްޕޭން އޮފީސް ހުޅުއްވައި ދެއްވީ ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފީގޭ ރައީސާ ފާތުމަތު ދިޔާނާ ސައީދެވެ. މީގެއިތުރުން އިއްޔެ މީދޫގައި ހުޅުވި އޮފީސް ރަސްމީ ގޮތުން ހުޅުއްވައި ދެއްވީ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އެވެ.
ރިޔާސީ އިންތިހާބު 2008: އެމްޑީޕީ އިއްތިހާދުގެ ތިން ކެމްޕޭން އޮފީހެއް އައްޑޫގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ