26 އަހަރު ފަހުން ސަންޖޭގެ ފިލްމެއްގެ ޝޫޓިން އިންޑިއާއިން ބޭރުގައި
އިންޑިއާގެ ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 26 އަހަރު ފަހުން އަމިއްލަ ފިލްމެއްގެ ޝޫޓިން އިންޑިއާއިން ބޭރު ޤައުމެއްގައި ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ފިލްމަކީ މިހާރު ވެސް އިންޑިއާގައި ޝޫޓިން ކުރިއަށްދާ ސަންޖޭގެ އާ ފިލްމު "ލަވް އެންޑް ވޯ"އެވެ. ސަންޖޭ ޑައިރެކްޓްކުރާ މި ފިލްމުގެ ބައެއް މަންޒަރުތަކުގެ ޝޫޓިން ކުރިއަށް ގެންދަން ނިންމާފައިވަނީ އިޓަލީގެ ވެރިކަން ކުރާ ސިޓީ ރޯމްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަންޖޭ ވަނީ އޭނާގެ ޓީމާ އެކު ދާދިފަހުން ރޯމަށް ދަތުރުކޮށް ފިލްމުގެ ޝޫޓިން ބާއްވާނެ އެކި ލޮކޭޝަންތައް ބަލައި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ސަންޖޭ އެންމެ ފަހުން އިންޑިއާއިން ބޭރުގައި މަންޒަރުތަކެއް ނެގި ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް"ގެ މަންޒަރުތަކެއް. މި ފިލްމުގެ ބައެއް މަންޒަރުތައް ނަގާފައި ވަނީ ބުޑަޕެސްޓްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓް، ރަންބީރު ކަޕޫރު އަދި ވިކީ ކޯޝަލް ލީޑް ރޯލް ކުޅޭ "ލަވް އެންޑް ވޯ"ގެ ޝޫޓިންގް ކުރިއަށްދާތާ ގާތް ގަނޑަކަށް 100 ދުވަސް ވެފައިވާއިރު ބާކީ ނުނިމި 90 ދުވަހުގެ ޝޫޓިންގް އެބައޮތް ކަމަށް ފިލްމުގެ ޓީމާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ. އަންނަ އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ލަވް އެންޑް ވޯ"އަކީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ސަންޖޭ އެންމެ ފަހުން އިންޑިއާއިން ބޭރުގައި ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ 1998 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް"ގެ ބައެއް މަންޒަރުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ