އާޝޫރާ ދުވަހުގެ މާތްކަން

މިހަފްތާގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "ޢާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫއަށެވެ.ހުތުބާގައި ވަނީ، އާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރުތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި އެއީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތް ކުރައްވައި، ފިރުއައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަގުކުރެއްވި ދުވަސް ކަމަށެވެ.އެގޮތުން، ހުތުބާގައި ވަނީ އެ ދުވަސް ހަނދާންކޮށްދީފަ އެވެ. ބަނީ އިސްރާއީލު ބާގައި މީހުން ސިއްރިއްޔާތުގައި މިސްރުން ނުކުތުމުން، ފިރުއައުނު އޭނާގެ ލަޝްކަރީން އެއްކޮށް، مُوْسَىގެފާނާއި އެކަލޭގެފާނުގެ ގައުމު މުޅީން ނައްތައިލުމަށް ޓަކައި ނުކުތް ކަމަށް ހުތުބާގައިވެ އެވެ.ހުތުބާގައި ވިދާޅުވީ، ފިރުއައުނު ގަރަގު ކުރެއްވި ހާދިސާއިން އެނގެނީ، މާތްﷲ އަށް ކާފިރުވެ ދުނިޔެ ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވައި ނެތި ކުރައްވާނެ ކަމެވެ."مُوْسَىގެފާނުގެ ޤައުމުގެ މީހުންނަށް ފިރުއައުނުގެ ބިޔަ ލަޝްކަރު ފެނުމުން އެބައިމީހުން مُوْسَىގެފާނަށް ދެންނެވި އެވެ. ﮋ ﭗ ﭘﮊ[1] މާނައީ: "ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ." އެހިނދު ވަރަށް އިތުބާރާއި ޔަގީންކަމާ އެކު، مُوْسَىގެފާނު ވިދާޅުވި އެވެ. ﮋ ﭛﭜ ﭝ ﭞ ﭟ ﭠ ﮊ[2] މާނައީ: "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރި ރަސްކަލާނގެ ތިމަންނާއާ އެކު (نَصْرُދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ." ހުތުބާގައިވެ އެވެ.ފިރުއައުނުގެ ލަޝްކަރު ބަނީ އިސްރާއިލު ބާގައިގެ މީހުންނާ ކައިރިވުމުން މާތް ﷲ މޫސާގެފާނަށް އެކަލޭފެގާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް އަމުރުކުރެއްވި ކަމަށާއި އެ ހިނދު ކަނޑުގެ މެދުން މަގުތަކެއް އުފެދުނު ކަން ހުތުބާގައި ކިޔައިދިނެވެ.އެ މަގުތަކުން ބަނީ އިސްރާއިލު ބާގައިގެ މީހުން ކަނޑު ހުރަސްކޮށް ދިޔަ ކަމަށާއި އެ މަގުތަކުން ފިރުއަނުގެ ލަޝްކަރު ވަދެ ނިމުމުން ކަޑު ކުރިން އޮތް ގޮތަށް މާތްﷲ ބަދަލު ކުރެއްވިކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.ހަމައެހެންމެ، އާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި، އެ ދުވަހާއި އެރޭ ވަކި ދުޢާއެއްކުރުމާއި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތްކަމަށް ހުތުބާގައި ބުނެފައިވެ އެވެ.މުޙައްރަމް މަހަކީ، މާތް ﷲ ހުރްމަތްތެރިކުރައްވައިފައިވާ މަހެއް ކަމަށާއި ރޯދަމަހަށްފަހު، ރޯދަހިފުން އެންމެ އިތުރުވެގެންވަނީ އެ މަހު ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ