"އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ." (މަރްޔަމް: 25)
މަރުޔަމްގެފާނުގެ ބަނޑުފުޅުގައި އިންތިހާއަށް ރިއްސަމުންދިއައިރުވެސް ވަޙީކުރެއްވެވީ ކަދުރުރުކުގެ ގަސްގަނޑު ތަޅުވައިލެއްވެވުމަށެވެ.
"(އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ". (ޞާދު: 42)
އައްޔޫޞްގެފާނުގެ އާލާސްކަންފުޅު އެންމެ ބޮޑުވެފައިވާ ޙާލުގައި ދުޢާކުރެއްވެވުމުން ވަޙީކުރެއްވެވީ ފައިންޕުޅުން ބިންމަތީގައި ޖެއްސެވުމަށެވެ.
ނިކަން ބުނެބަލާށެވެ! މަރްޔަމްގެފާނަށް އެޙާލުކޮޅުގައިވެސް ކަދުރުރުށް ތަޅުއްވާލައްވަވަން އެންގެވީ މަރްޔަމްގެފާނު އެއްވެސް ކަމެއް ކުރެއްވެވުމަކާއި ނުލައި ރުކުގައި ހުރި ކުދުރުތަކާއި ދުނިޔޭގައި ހުރި ހުރިހާ ކަދުރުތަކެއް ﷲ ތަޢާލާގެ އަމުރުފުޅަށް އެތަނަށް ޖަމާނުވާނެތީ ހެއްޔެވެ؟ އަދި އައްޔާބުގެފާނަށް އެޙާލުކޮޅުގައި ބިންމަތީގައި ފައިންޕުޅުން ޖައްސަވަން އެންގެވީ އައްޔޫބްގެފާނުގެ ފައިންޕުޅުގައި ހުރި ބާރުގަދަކަމުން ބިންގަނޑު ފަޅައިގެންގޮސް އެތަނުގައި ވާދީއެއް ހެދޭނެތީހެއްޔެވެ؟
މީސްތްކުންނޭވެ! އެއީ އެއްގޮތަކަށްވެސް އެގޮތަށް އޮތްކަމެއް ނޫނެވެ. މިވާހަކަތައް ޤުރްއާނުގައި ވަޙީޚުރައްވަވައި އަހުރެމެންނަށް އަންގަވައިއެދެއްވަވަނީ އަގުހުރި ފިލާވަޅެކެވެ. ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް، އެކަމަކަށް އެދިގެން ދުޢާކުރިނަމަވެސް އެވަރަކުން އަދި ނުފުދޭކަމާއި އެކަމަށް އެދިގެން އެމީހަކަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމެވެ.
ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުރާނެ މަސައްކަތެއް ނުވަތަ ވަޒީފާއެއް ނުލިބުމެވެ. ދަތިޙާލުގައި އުޅެންޖެހުމެވެ. މީސްތަކުންނަށް އާދޭސްކުރަމުން ހިނގަން ޖެހުމެވެ. އެހެންކަމަށްވާއިރު ޙައްލަކީ ކޮބައިކަމާމެދު ވިސްނާލަން އެބަޖެހޭ ނޫންހެއްޔެވެ؟
ކޮންމެ މީހަކީވެސް ސްމާޓް ފޯނެއް ގެންގުޅޭ މީހަކަށްވެއްޖެ ކަމަށް ބުނުމަކީ މިޒަމާނުގައި ދޮގަކަށް ނުވާނެއެވެ. އެހައިވެސް ގިނަ ބައަކު ސްމާޓް ފޯނު ގެންގުޅޭތީއެވެ. އަދި މިއަދު ގިނަ ބައަކު އެމީހުންގެ ޚަރަދުތައްކުރަން ބޭނުންކުރަނީވެސް ފޯނެވެ. ބިލްތައް ދެއްކުމަށާއި ކުލި ދެއްކުމަށާއި ތަކެތިގަތުން ފަދަ ކަންކަން ކުރުމަށެވެ.
ކަންމިހެން އޮތްއިރު އެ ފޯނު ބޭނުންކޮށްގެން އާމްދަނީ ހޯދަން މަސައްކަތްކުރެވޭ ހެއްޔެވެ؟ ލިބޭ އާމްދަނީ އިތުރުކުރަން މަސައްކަތްކުރެވޭ ހެއްޔެވެ؟ ވަޒީފާއަކަށް ބޭނުންވެގެން ހުންނަ މީހާއަށް ހުރި ފުރުޞަތުތައް ބަލައި ލިބެންހުރި ވަޒީފާތައް ހޯދަން އެބަ މަސައްކަތްކުރެވޭހެއްޔެވެ؟
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަޅުކަންކުރަމުން ގޭގައި އަތްއުރާލައިގެން ހުރގެން ދުޢާކުރުމުން އެމީހާ ބޭނުންވާ ވަޒީފާވެސް ދެއްވަވާނެ ކަމަށެވެ. ނުދެއްވަވާނެކަމަކަށް ނުބުނަމެވެ. ނަމަވެސް އެކަމުގައި ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައި އޮތީ އެގޮތަކަށް ނޫނެވެ.
އަންގަވާފައި އޮތީ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމަށެވެ. މަސައްކަތްކުރަމުން ވާގިއެދުމަށެވެ. ދުޢާކުރުމަށެވެ. ވީމާ ވަޒީފާ ނުލިބިފައި ހުރި މީހާއަށް ފުރަތަމަކަމަކަށްކުރަންޖެހޭ ކަމަކީ ވަޒީފާ ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. ނުލިބި ކިތަންމެ ލަސްވީނަމަވެސް ފޫހިކަމެއްނެތި ވަޒީފާހޯދަން މަސައްކަތްކުރުމެވެ.
ކޮންމެ ދުވަހަކުވެސް ކުރިމަތިލެވެން ހުރި ވަޒީފާގެ ފުރުޞަތުތައް ބަލަމުން ގެންދާށެވެ! ހުރިހާ ތަންތަނަށްވެސް ސިޓީލަމުން ގެންދާށެވެ! އެކަންކަން ކުރުމާއިއެކު ދުޢާކުރަމުން ގެންދާށެވެ! ކާމިޔާބު ިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކަންކަމަށް ބޭނުންވެގެން ދުޢާކުރަންވާނީ މި 2 ޢާޔަތުން ޢިބްރަތް ޙާޞިލުކޮށް އަދި ޢަމަލުވެސްކޮށްފަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ