މިނިސްޓަރު ސެކްޝަނަކަށް ގޮސްފިނަމަ ކޮޅަށް ތެދުވެ, ހިނިތުންވުމާއެކު މުހާތަބުކުރަން އެޑިއުކޭޝަންގެ މުވައްޒަފުންނަށް އަންގައިފި މިނިސްޓަރު ސެކްޝަނަކަށް ގޮސްފިނަމަ ކޮޅަށް ތެދުވެ, ހިނިތުންވުމާއެކު މުހާތަބުކުރަން އެޑިއުކޭޝަންގެ މުވައްޒަފުންނަށް އަންގައިފި

އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު ނުވަތަ މިނިސްޓަރު ފެންވަރުގެ ބޭފުޅަކު އެ މިނިސްޓްރީގެ ކޮންމެ ސެކްޝަނެއް ނުވަތަ ޑިޕާޓްމަންޓަކަށް އަދަބު އިހުތިރާމު އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވު ހިނިތުންވުމާއެކު މުހާތަބުކުރަން އެ މިނިސްޓްރީގެ މުވައްޒަފުންނަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް އެގޮތަށް އެންގީ އެ މިނިސްޓްރީގެ އެކި ޑިޕާޓުމެންޓުތަކަށް ފޮނުވި އީމެއިލްއަކުންނެވެ. އެ އީމެއިލް ފޮނުވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު، އުމްނިއްޔާ މުސްތަފާ އެވެ.
"މި ވުޒާރާގެ ވަޒީރު ނުވަތަ ވަޒީރުންގެ ފެންވަރުގެ ބޭފުޅަކު އެއްވެސް ކަމެއްގައި ތިޔަ ސެކްޝަން/ޑިވިޝަން/ޑިޕާޓުމެންޓަށް ވަޑައިގެންފިނަމަ ތަނުގައި ތިއްބަވާ މުވައްޒަފުން އެ ބޭފުޅަކަށް އަދަބު އިހުތިރާމު ކުރުމުގެ ގޮތުން ކޮޅަށް ތެދުވެ ހިނިތުންވުމާއެކު މުހާތަބު ކުރުމަށް ހުރިހާ މުވައްޒަފުންނަށް އަންގަވައިދެއްވުން އެދެމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ އެކި ޑިޕާޓުމެންޓުތަކަށް ފޮނުވި އީމެއިލްގައި ބުނެފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މި އީމެއިލް ސޯޝަލްމީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
އެޑިއުކޭޝަންގެ އެ އެންގުމަށް ފާޑުކީ މީހަކު ފޭސްބުކްގައި ބުނެފައި ވަނީ މިއީ ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރާ ބާވަތުގެ ކަމެއް ކަމަށާއި މިއީ އަލުން އެ ސަގާފަތް އިއާދަވުން ކަމަށެވެ.
"ސަޖިދަ ޖަހަން ނޭންގިކަން ނަސީބެއް، އިހުތިރާމަކީ ބުނެގެން ނުވަތަ މަޖުބޫރުން ހޯދާ އެއްޗެއް ނޫން،" ހާމިދު އަހުމަދުގެ ނަމުގައި ފޭސްބުކް އެކައުންޓެއް ހިންގާ މީހަކު ބުނެފައިވެ އެވެ.
އެ ނޫނަސް ގިނަ ބަޔަކު އަންނަނީ އެޑިއުކޭޝަންގެ މި އެންގުމަށް ފާޑުކިޔައި ސޯޝަލްމީޑިއާގައި ހިޔާލުފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ