ރައީސް ނަޝީދު އިނގިރޭސިވިލާތަށް ދަތުރެއް ކުރައްވަނީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ޕާޓީ ތަމްސީލުކުރެއްވުމަށް ނަޝީދު ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އެމްޑީޕީން މިއަދު ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި އެ ގައުމުގެ ކޮންޒަވެޓިވް ޕާޓީގެ އޮފިޝަލުންނާއި ޔޫކޭ ބާ ކައުންސިލްއާ ނަޝީދު ބައްދަލުކުރައްވާނެއެވެ. މި ރަސްމީ ދަތުރުފުޅަށްފަހު ނަޝީދު ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.
އެމްޑީޕީއާއި އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީއާ ދެމެދު ތާރީޚީ ގޮތުން ގާތް ގުޅުމެއް އޮވެއެވެ. އެ ޕާޓީގެ ކޮންފަރެންސްތަކުގައި އެމްޑީޕީގެ މަންދޫބުން މީގެކުރިން ވެސް ބައިވެރިވެފައިވާއިރު، އެމްޑީޕީއަށް އެކި ބާވަތުގެ ފަންނީ ލަފާ ކޮންޒަވޭޓިވް ޕާޓީން ފޯރުކޮށްދެމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ