ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 13 ޖުލައި 2025 އިން 17 އޮގަސްޓު 2025 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިން ރަޖިސްޓްރީ ކުރަން ހަމަޖެހިފައިވަނީ ވަންގަވް މެދުވެރިކޮށެވެ.
ބައިވެރިން ރަޖިސްޓްރީ ކުރާ ލިންކު: https://one.gov.mv/entities/CHQ
މިއީ ގައުމީ ފެންވަރުގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މުބާރާތެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި އަތޮޅުތަކުން ހޮވާލެވޭ ކުދިންވެސް ބައިވެރިވެއެވެ.
މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މުބާރާތުގެ ޤަވާއިދު މިހާރު ވަނީ މަރުކަޒުގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ. ޤުރުއާނާ ބެހޭ މަރުކަޒުން ބުނިގޮތުގައި ގަވާއިދުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއްގައި ގޮތް ނިންމާނީ އެ މަރުކަޒުންނެވެ.
1981 ވަނަ އަހަރުން ފަށައިގެން ރާއްޖޭގައި ކީރިތި ގުރުއާން އާލާކުރުމުގެ ބޭނުމުގައި ފަށާފައިވާ މި މުބާރާތަކީ ކޮންމެ ސަރުކާރެއްގައިވެސް ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ގައުމީ ޤުރުއާން މުބާރާތުގައި ފުވައްމުލައް ސިޓީ ތަމްސީލުކުރާނެ ދަރިވަރުން ހޮވައިފި ދިވެހިންނަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ ބަޔަކަށްވުމަށް ނައިބު ރައީސް ގޮވާލައްވައިފި ޤުރްއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތެއް ވާޗުއަލްކޮށް ބާއްވަނީ ގުރުއާން ކިޔެވުމުގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ