މެޑްރިޑް (އޭޕްރީލް 12) - ސްޕެނިޝް ލީގުގައި ބާސެލޯނާ އިން މިދިޔަ މަހު ފަހުކޮޅުގައި، އޮސަސޫނާއާ ދެކޮޅަށް ސްޕެއިނުގެ ޑިފެންޑަރު، އިނީގޯ މާޓިނޭޒް ކުޅުނީ ފީފާގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އޮސަސޫނާ އިން ހުށަހެޅި މައްސަލަ ނާކާމިޔާބުވެއްޖެ އެވެ.
ލީގުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮސަސޫނާ އަތުން 3-0 އިން ބާސެލޯނާ މޮޅުވި މެޗުގައި މާޓީނޭޒް ވަނީ ކުޅެފަ އެވެ. އެންމެ ފަހުން، ސްޕެއިން ގައުމީ ޓީމުން ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނު މެޗުތަކުގެ ސްކޮޑުން މާޓީނޭޒް ބާކީވީ ކަކުލަށް އަނިޔާވެފައި ކަަމަށް ބުނެ އެވެ. އޮސަސޫނާ އިން ތުހުމަތުކުރަނީ، މާޓީނޭޒް، މެޗު ކުޅެފައިވަނީ، ފީފާގެ ގަވާއިދާ ހިލާފަށް ހުއްދަ ނުހޯދައި ކަމަށެވެ. އަދި، ސްޕެއިނުން ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި، ނެދަލެންޑްސްއާ ކުޅުނު މެޗު ނިމުނުތާ ހަތަރު ދުވަސް ފަހުން، އޮސަސޫނާއާ ދެކޮޅަށް 90 މިނިޓް މާޓީނޭޒް ކުޅެފައިވާ ކަމަށެވެ.
ފީފާ ގަވާއިދު ބުނާގޮތުން، ގައުމީ ޓީމަށް ނަގާ ކުޅުންތެރިއެއް، އަނިޔާގެ ސަބަބުން ސްކޮޑާ ނުގުޅުމަށް ފަހު، އެ ގައުމީ ޓީމެއް އެންމެ ފަހުން ކުޅުނު މެޗު ނިމުނުތާ ފަސް ދުވަސް ހަމަނުވަނިސް، ކްލަބްގެ މެޗެއްގައި ކުޅެން ބޭނުންނަމަ ފެޑެރޭޝަނުގެ ހުއްދަަނަގަން ޖެހެ އެެވެ.
އޮސަސޫނާގެ މައްސަލަ ބެލުމަށް ފަހު، ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، މާޓީނޭޒް ކުޅުމަށްޓަކައި، ބަލަން ޖެހޭ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށާއި، މާޓީނޭޒްގެ އަނިޔާގެ ކަންކަމާއި ފެޑެރޭޝަނާ ކުރަން ޖެހޭ މުއާމަލާތުގެ ކަންކަން ހުރީ ފުރިހަމަކޮށް ކަމަށެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެެވެ. ބާސެލޯނާ އަށް 30 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 30 މެޗުން ލިބުނީ 63 ޕޮއިންޓެވެ.
އޮސަސޫނާ އިން ހުށަހެޅި މައްސަލަ ނިމުނީ ބާސެލޯނާ ކޮޅަށް އޮސަސޫނާ އިން ހުށަހެޅި މައްސަލަ ނިމުނީ ބާސެލޯނާ ކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ