ސުންނަތް ނަމާދުތަކަށް މާގިނަ ޘަވާބު ލިބެން އޮއްވައި މަދުން ހޯދަނީ ކީއްވެތަ؟: ބިލާލް އައްސަދު

ބައެއް މީހުން އަޅުކަމުގައި ކުރިއަރައިދިއުމުގެ ބޭނުމުގައި ދުނިޔަވީ ހުރިހާ ކަންކަމާއި އެބަ ގުޅުން ކަނޑައިލައެވެ. މީސްތަކުންނަށް ނުފެންނަ ގޮތަށް ކޮންމެވެސް ތަނަކަށް ވަދެ އެކަނި އިނދެ ދުވަސްތައް ހޭދަކުރެއެވެ.  
އެއްވެސް ޙާލެއްގައި މިއީ އެކަންކުރަން އޮތްގޮތެއް ނޫނެވެ. ސުންނަތުގައި އޮތީ ދުނިޔަވީ ކަންކަންވެސް ކުރަމުން، ޢާއިލީ ޒިންމާތަކާއި މުޖުތަމަޢުގެ ޒިންމާތައްވެސް އަދާކުރަމުން އަޅުކަންކުރުމަށެވެ. ބައަކަށް އޮޅިގެން މިއުޅޭކަމަކީ ދުނިޔަވީ ޒިންމާތަކާއި ޢާއިލީ ޒިންމާތަކާއި އަދި މުޖުތަމަޢުގެ ޒިންމާތައް އަދާކުރުމަކީވެސް ހަމަ އަޅުކަންކަމެވެ.  
މީސްތަކުންނޭވެ! ފަރުޟް 5 ނަމާދުކުރަން މިއޮތީ މިސްކިތުގެ ޖަމާޢަތުގައެވެ. އެއީ މީސްތަކުން އެކަކު އަނެކަކާއި ބައްދަލުވެ ޙާލުއަހްވާލްވެސް އެނގޭނެތީއެވެ. ޖަމާޢަތުގައި ކުރާ ނަމާދަށް 27 ގުނަ ޘަވާބު ދއްވަވަނީ ސަބަބުތަކެއް އޮތުމުންނެވެ. ހަމައެއާއިއެކު ސުންނަތް ނަމާދުތައް ކުރަން މިއޮތީ ގޭގައެވެ. އެއީ ތިބާކުރާ އަޅުކަން އެހެން މީހުންނަށް އެނގުނަ ނުދިނުމަށެވެ.
ހަމައެއާއިއެކު މިސްކިތުން ފައިބައިގެންގޮސް ގޭގައި އެކަނިހުރެ ސުންނަތް ނަމާދުކުރުމަކީ ވަރަށް ތަޤްވާވެރި މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ގިނަ ބައަކަށް ރަމަޟާން މަހު އެންމެންގެ ތެރޭގައި ހުރެ ތަރާވީހްނަމާދާއި އެހެންވެސް ރޭއަޅުކަންކުރެވިފައި ރަމަޟާން މަސް ދިއުމުން ގޭގައި އެކަނި ކުރަންވުމުން ނުކުރެވިގެން މިއުޅޭ ސަބަބަކީވެސް ހަމަ ތަޤްވާވެރިކަން ކުޑަވުމެވެ. ގޭގައި ނަމާދުކުރެވެން ހުރިނަމަ (ޖާގަ އޮތްނަމަ) އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ފުރިހަމަ ގޮތުގައި ހުރިނަމަ ނުކުރެވެންވީ ކީއްވެގެންހެއްޔެވެ؟  
ވީމާ ގޭގައި ކުރުމުން ގިނަގުނަ ޘަވާބު ދެއްވަވާ އަޅުކަން ނުކުރެވޭ މީހުން އެމީހުންގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިންވަރާއިމެދު ވިސްނައިލާށެވެ! ވަޤުތު ފާއިތުވެގެން ނުދަނީސް ފުރުޞަތުގެ ބޭނުންހިފަންފަށާށެވެ!
 
- ބިލާލް އައްސަދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ