މިސަރުކާރުގެ ސިޔާސަތެއްގެ ގޮތުން ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހެއްޓުމަށް ނިންމައިފައިވާ ނިންމުން މިއަހަރު ތަންފީޒުކުރައްވާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ކިޑްނީ ބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކިޑްނީ ފެއިލް ވެފައިވާ މީހުންނަށް ދެވޭ އެންމެ އަސާސީ އެއްފަރުވާއަކީ ޑަޔަލިސިސްގެ ޚިދުމަތްކަމަށްވާއިރު، މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހެއްޓުމުގެ މަސައްކަތް ސެޕްޓެމްބަރ މަހުގެ ނިޔަލަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކޭ ވެސް އެއްފަދައިން ރާއްޖޭގައިވެސް ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައް އިތުރުވަމުންދާކަން ފާހަގަކުރައްވާ، މި ބައްޔާއިމެދު ސަމާލުވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް ވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ޚާއްސަ ޙަރަކާތެއް “ވެށި ސާފުން” އައްޑޫގައި ހިންގައިފި މަސްތުވާތަކެތީގެ މައްސަލައެއްގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި ކުޅުދުއްފުށީ އެއާޕޯޓަށް ނުޖެއްސިގެން މޯލްޑިވިއަންގެ ބޯޓެއް އެނބުރި މާލެއަށް ކްލަބް ވޯލްޑް ކަޕާ އެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ