އީރާން އިޒްރޭލު ހަނގުރާމައިގެ ސަބަބުން އީރާނުގައި ތިބި 17 ޤައުމެއްގެ ރައްޔިތުން އަޒަރުބައިޖާނަށް ދިއުމަށް ފުރައިފިއެވެ.
އެގޮތުން އީރާންގައި ތިބި 17 ޤައުމެއްގެ 600 އަށް ވުރެ ގިނަ މީހުން އީރާން ދޫކޮށް އަޒަރުބައިޖާނަށް ގޮސްފައިވާކަމަށް މީޑިޔާ ތަކުން ރިޕޯޓްކޮށްފައިވެއެވެ.
އަޒަރުބައިޖާނުން އެމީހުންގެ އަމިއްލަ ޤައުމަށް ދިއުމަށް މިސްރާބު ޖަހާފައިވާކަމަށް އީރާނުގެ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
އީރާން އިޒްރޭލު ހަނގުރާމައިގެ ސަބަބުން އީރާނުން އަޒަރުބައިޖާނަށް ދިޔަ 17 ޤައުމެއްގެ ރައްޔިތުން ނިސްބަތްވަނީ، ރަޝިޔާ، ބެލަރުސް، ކަޒަކިސްތާން، ކިރުގިސްތާން، ތަޖިކިސްތާން، އުޒެބެކިސްތާން، ޖަރުމަނު ވިލާތް، ސްޕެއިން، އިޓަލީ، ސާބިއާ، ރޮމޭނިއާ، ޕޯޗުގަލް، ޔޫއެސް، ޔޫއޭއީ، ޗައިނާގެ އިތުރުން ވިއެޓްނާމްގެ ރައްޔިތުންނެވެ.
އީރާން އިޒްރޭލު ހަނގުރާމައިގެ ސަބަބުން އީރާނުގައި ތިބި 17 ޤައުމެއްގެ ރައްޔިތުން އަޒަރުބައިޖާނަށް ދިއުމަށް ފުރާފައިވާއިރު އިޒުރޭލުގެ ޔަޙޫދީން ވެސް ވަނީ އެ ޤައުމު ދޫކޮށް ކަނޑުމަގުން އެހެން ޤައުމުތަކަށް ގޮސްފައިވާކަމަށް މީޑިޔާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
ފާހަގަކޮށްލަންޖެހޭގޮތުގައި ހުއްޓުމެއްނެތި މި 5 ދުވަހު އީރާން އާއި އިޒްރޭލުން ދަނީ އެއްޤައުމު އަނެއް ޤައުމާއި ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.
އީރާން އިޒްރޭލު ހަނގުރާމައިގެ ސަބަބުން އީރާނުގައި ތިބި 17 ޤައުމެއްގެ ރައްޔިތުން އަޒަރުބައިޖާނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ