މީކާއިލްގެ ނަން އިއްވައި ސެކިއުރިޓީ މެދުވެރިކޮށް ބޭރުކޮށްފި

އެހެންވެ، މީކާއިލް އަޑުގަދަ ކުރައްވަން ފެއްޓެވުމުން އަބްދުއްރަހީމް ވަނީ އޭނާގެ ނަން އިއްވައި މަޖިލީސް ދޫކުރައްވައި ވަޑައިގަތުމަށް ދަންނަވާފަ އެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޖަވާބުދާރީވަނިކޮށް ތަޅުމުގައި އަޑުގަދަ ކުރަން ފެށުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި ބޭރުކޮށްފި އެވެ.
އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް ހުށަހެޅި އެ މައްސަލައިގައި ޖަވާބުދާރީވުމަށް އިހުސާން މިއަދު ވަނީ މަޖިލީހަށް ވަޑައިގެންފަ އެވެ. ޖަވާބުދާރީވަމުން ދަނިކޮށް މީކާއިލް ނިޒާމީ މައްސަލައެއް ނެންގެވީ، ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަންކަމާ ގުޅިގެން މިނިސްޓަރު ވާހަކަ ނުދައްކަވާ ކަމަށް ވިދާޅުވެ އެވެ.އެ ކަމަށް މިނިސްޓަރު ވަކި އެއްޗެއް ދެންނެވުމުގެ ކުރިން އަނެއްކާވެސް މީކާއިލް ވަނީ ނިޒާމީ ނުކުތާއެއް ނެންގެވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ފުރަތަމަ ނެންގެވި މައްސަލައަށް ޖަވާބެއް ނުދެއްވަނިސް އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.އެހެންވެ، މީކާއިލް އަޑުގަދަ ކުރައްވަން ފެއްޓެވުމުން އަބްދުއްރަހީމް ވަނީ އޭނާގެ ނަން އިއްވައި މަޖިލީސް ދޫކުރައްވައި ވަޑައިގަތުމަށް ދަންނަވާފަ އެވެ. ނަން އިއްވުމުން ވެސް މީކާއިލް ވަޑައިނުގަތުމުން، މަޖިލީހުގެ ސެކިއުރިޓީން ވަނީ ގަދަކަމުން އޭނާ ތަޅުމުން ނެރެފަ އެވެ.ޖަލްސާ އަލުން ފެށީ މީކާއިލް ތަޅުމުން ނެރުމުންނެވެ.އިހުސާން މަގާމުން ވަކި ކުރަން އެމްޑީޕީގެ މެންބަރުން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ، އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.މިގޮތުން، ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން، އާންމުންގެ އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަގައި، ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން ވެއްދުމާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، އެ ނިޒާމް ހުއްޓުވައި ދައުލަތަށް ބޮޑު ގެއްލުމެއްވާ ގޮތަށް މެލޭޝިޔާގެ ކުންފުންޏަކަށް ދިން ކަމުގެ ތުހުމަތު އިހުސާންގެ މައްޗަށް އެމްޑީޕީން ވަނީ ކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ