ސްކޫލުތަކުގެ ކްރިކެޓް މުބާރާތުގެ ފައިނަލަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިންޓާ ސްކޫލް މުބާރާތުގެ ދެ އުމުރުފުރާގެ ފައިނަލަށް ދިޔަ ޓީމުތަށް ކަށަވަރުވެއްޖެ އެވެ. އެގޮތުން މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާ ފައިނަލުގައި ބައްދަލުކުރާނެ ދެ ޓީމަކީ ތާޖުއްދީން ސްކޫލާއި މުހްޔިއްދީން ސްކޫލެވެ. އަދި 16 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލުގައި ބައްދަލުކުރާނީ ރެހެންދި ސްކޫލާއި ތާޖުއްދީން ސްކޫލެވެ. މުބާރާތުގެ ފައިނަލަށްދިޔަ ޓީމުތަށް ކަށަވަރުވީ މިއަދު ކުޅުނު މެޗުތަކަށްފަހުއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަކުރީ 16 އަހަރުން ދަށުގެ އުމުރުފުރާގެ ދެ ޓީމު ކަމަށްވާ ތާޖުއްދީނާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. މި މެޗު ތާޖުއްދީން ކާމިޔާބުކުރީ 14 ލަނޑުންނެވެ. މިމެޗުގައި ފުރަތަމަ ތާޖުއްދީން ކުޅެންއަރާ 150 ލަނޑު ހެދިއެވެ. ޖަވާބުގައި ރެހެންދި ސްކޫލް 10 އޯވަރުގެ ތެރޭގައި 136 ލަނޑުހަދާ މެޗުން މޮޅުވިއެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތާޖުއްދީން ސްކޫލުގެ ޒީސަން އިބްރާހިމެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ 14 އަހަރުން ދަށު އުމުރުފުރާގެ ދެ ޓީމު ކަމަށްވާ މުހްޔިއްދީން ސްކޫލާއި ރެހެންދި ސްކޫލެވެ. މި މެޗު މުހްޔިއްދީން ކާމިޔާބުކުރިއިރު ޓޮސް ދިމާވެގެން ރެހެންދި ސްކޫލް ކުޅެންއަރާ ތިން ކުޅުންތެރިން ނުބައިވެގެން 61 ލަނޑު ހެދިއެވެ. ޖަވާބުގައި މުހްޔިއްދީން ސްކޫލް ކުޅެންއަރާ ތިން ކުޅުންތެރިން ނުބައިވެގެން 63 ލަނޑާއެކު މެޗުން މޮޅުވިއެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުހަންމަދު އައިކްއެވެ. ތިންވަނަ މެޗުގައި ބައްދަލުކުރީ 16 އަހަރުން ދަށު އުމުރުފުރާގެ ދެ ޓީމުކަމަށްވާ މުހްޔިއްދީން ސްކޫލާއި ރެހެންދި ސްކޫލެވެ. މި މެޗު ރެހެންދި ސްކޫލް ކާމިޔާބުކުރީ 34 ލަނޑުންނެވެ. ރެހެންދި ސްކޫލް ވަނީ މި މެޗުގައި ތިން ކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހަދާފައެވެ. ޖަވާބުގައި މުހްޔިއްދީން ސްކޫލް ކުޅެންއަރާ 10 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 69 ލަނޑެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރެހެންދި ސްކޫލުގެ އިބްރާހިމް އަބާންއެވެ. މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ހަވީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ