ގުރުއާން ހިިދުތަސްކުރުމުގެ މަޝްރޫއު 9 ރަށެއްގައި ފަށަނީ

ސަރުކާރުގެ އެހީގެ ދަށުން ގުރުއާން ހިތުދަސްކޮށްދިނުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ނުވަ ރަށެއް ކަނޑައަޅައިފި އެވެ.ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުން އަންނަ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށެވެ.އެގޮތުން އަންނަ މަހުގެ ތެރޭގައި ބައެއް ރަށްރަށުގައި އެ މަޝްރޫއު ފެށޭނެ ކަމަށް ވިދާޅުވި އެވެ.ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާރު، ހދ. ކުޅުދުއްފުށި، ގދ ތިނަދޫ، އައްޑޫ ހިތަދޫ އަދި ލ. ގަމެވެ.މީގެ ތެރެއިން އުނގޫފާރާއި ތިނަދު އަކީ އިސްލާމީ މަރުކަޒު ގާއިމުކޮށްފައިވާ ދެ ރަށެވެ. އަދި ދިއްދު އާއި ހިތަދު އަކީ އިސްލާމީ މަރުކަޒު ގާއިމު ކުރަމުން އަންނަ ދެ ރަށެވެ."މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތަށް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެ،" އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.މީގެ އިތުރުން، ފުވައްމުލަކުގައި ހިންގާ ގުރުއާން މަރުކަޒަށް، އެ ތަން ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ