މާލެ ސިޓީ ކައުންސިލުން މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަޝިޕް ދެނީ

މާލެ ސިޓީ ކައުންސިލުން މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަޝިޕަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސްޓްރޯންގް ސިޓީޒް ނެޓްވޯކްގެ އޭޝިއާ ޕެސިފިކް ރީޖަނުން އެ ކައުންސިލަށް، މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަޝިޕްގެ ފުރުސަތު ހަ ދާއިރާއަކުން ލިބިފައިވާ ކަމަށެވެ.އެ ދާއިރާތަކަކީ؛
މި ދާއިރާތަކުން ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޕާކިސްތާނުގަ އެވެ. މި ސްކޮލަޝިޕްގެ ދަށުން މާލޭން ޕާކިސްތާނަށް ދަތުރުގެ ހަރަދާއި ހުރުމާއި ކެއުން އަދި ކޯސް ފީ ދައްކައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކޯސްތައް ކުރިއަށް ދާނީ ގާތްގަނޑަކަށް ހަ މަސް ދުވަހު އެވެ.މި ކޯސްތަކުގައި ބައިވެރިވެވޭނެ ޝަރުތުތަކުގެ ތެރޭގައި؛
ސިޓީ ކައުންސިލުން ބުނީ މި ކޯސްތަކަށް އެޕްލައި ކުރާނީ އޮންލައިން އެޕްލިކޭޝަން ފޯމެއް މެދުވެރިކޮށް ކަމަށެވެ. މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ