މަސްތުވާތަކެތި ކަމަށް ބެލެވޭ 40 ފުޅިއާ އެކު 2 ބިދޭސީން ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 40 ފުޅިއާ އެކު އިންޑިއާގެ ދެ މީހަކު ރޭ ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ, ހުޅުމާލެ ފޭސް އެކެއް، މިދިލި މަގުގައި ރޭ 'އޭބީ1ބީ ސީ4278' ވޭން ހުއްޓުވި ކަމަށެވެ. އަދި, އެ ވޭން ފުލުސް އޮފިސަރުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 40 ފުޅި (500 އެމްއެލް) ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. https://x.com/PoliceMv/status/1920560967173263518 އަދި އެ ތަނުން އިންޑިއާގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ: އުމުރުން 47 އަހަރުގެ ރާޖަގޯޕާލް ސެލްވަގަނަޕަތީ އުމުރުން 27 އަހަރުގެ ތަލަޕަތީ ޕުގަޒެންދީ ފުލުހުން ބުނީ, އެ ވޭން މިހާރު ޓޯކޮށްފައިވާ ކަމަށެވެ. އެއީ އިތުރަށް ތަހުގީގުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ