ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކޮމިޝަނަރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން ވަކިކޮށްފި އެވެ.
މެއި 20، ގައި ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔަކަށް ހުންނެވި ޒީނިޔާ 96 ގަޑިއިރަށް ސަސްޕެންޑު ވެސް ކުރި އެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން އެންގުމުން އެ ކޮމިޝަނަށް ޒީނިޔާ ޖަވާބުދާރީވެފައިވާކަން ވެސް އަދަދު އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މަގާމުން ވަކިކުރި ކަމުގެ ޗިޓު ޒީނިޔާއާ ހާވަލުކޮށްފައި ވަނީ މިއަދު މެންދުރުފަހު 03:00 ގެ ފަހުން ކަން ވަނީ އަދަދު އަށް ވަނީ އެނގިފަ އެވެ.
ޒީނިޔާ ސަސްޕެންޑު ކުރުމާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން ވަޒިފާއަށް ނުނުކުމެ ހަޅުތާލު ވެސް ކުރި އެވެ.
ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތައް ހިއްސާކޮށް އެ ކަންކަމަށް މަޖިލިސް މެދުވެރިކޮށް ހައްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ. އެ ޕެޓިޝަނުގައި އެސްޖީގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކޮށްފި ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ