އޯގާތެރި ވެރިން ދޫނުކޮށްލައިގެން ނުވާނެ: އަހުމަދު އަބްދުﷲ

އޯގާތެރި ވެރިޔަކު ދޫނުކޮށްލުމަށް މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އިލްތިމާސްކުރައްވައިފިއެވެ.
ރައީސް ސާލިހުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ، އެ ރަށެއްގެ ތަރައްގީ އެރަށެއްގެ ރައްޔިތުން އެދޭ ގޮތެއްގެ މަތިން ކުރިއަށް ގެންދެވި ވެރިޔަކު ރައީސް ސާލިހު ނޫނީ ނެތްކަން ތާރީހަށް ބެލުމުން އެނގިގެންދާނެކަމަށެވެ. އަހުމަދު ވިދާޅުވީ، އެއީވެސް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވަމުންދާ ސަބަބެއްކަމަށެވެ. އޭނާ ވިދާޅުވީ، އިތުރު ސަބަބުތަކަށް ބަލާ ނަމަ، މާލީ ދަތިކަމުގެ ތެރެއިން ވަޒީފާތައް ގެއްލިގެން ދިއުމުން ވެގެންދިޔަ ދަތިތައް ހައްލުކޮށްދެއްވުމަށް ރައީސް މަސައްކަތްތައް ކުރައްވާފައިވުންކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތަކުގެ ތެރެއިން ބާރަށުގެ އެތައް ބަޔަކަށް އެހީތައް ލިބިގޮސްފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، އޯގާތެރި ވެރިޔަކު ދޫނުކޮށްލެއްވުމަށް އިލްތިމާޒްކުރައްވަނީ އެ ސަބަބުތަކާއި ގުޅިގެންކަމަށެވެ. އަހުމަދު ވިދާޅުވީ، އޯގާތެރިކަމާއި ކުލުނާއި ހަމްދަރުދީ ހުރި ވެރިނާއިއެކު މަސައްކަތްކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ވެރިންނަކީ މާ ގިނައިން ފެންނަ އަދި ލިބޭ ބައެއްވެސް ނޫންކަމަށެވެ. އަހުމަދު ވިދާޅުވީ، ރައްޔިތުންގެ އެދުންތަކާއި ދެކޮޅަށް މަސައްކަތްކުރައްވާފައިވާ ވެރިން ފެނިގޮސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަށް އެންމެ ގާތުން އެދޭ މިސްރާބަކަށް މަސައްކަތްކުރެއްވި ފަރާތެއްގެ ގޮތުގައި އޭނާގެ ސިޔާސީ ހަޔާތުން ފެނިގެންދިޔައީ ރައީސް ސާލިހުކަމަށެވެ. އަހުމަދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެހާ ވާދަވެރިން ބޮޑު ތަނުން ބަލިކޮށް ކާމިޔާބީ ލިބިގެންދާނެކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ.
އޭނާ ވިދާޅުވީ އިންސާނުންނަށް ވީތީ އެދޭ އެދުންތައް ހުންނާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ދުވަހަކަށް ދުވަހަކު ހިތުގެ އެދުންތައް އިތުރުވެގެންދާނެކަމަށާއި ތަރައްގީއަށް އެދޭ އެދުންތައްވެސް އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ. އަހުމަދު ވިދާޅުވީ، އެ ތަރައްގީ ހާސިލުކުރެވޭނެ ގޮތްތައް ދެނެގަތުމަށް ބުއްދީގެ ނިއުމަތް މާތްﷲ މިންވަރުކުރައްވާފައިވާކަމަށެވެ. އެހެންކަނުން އެ ބުއްދީގެ ހެޔޮ ބޭނުންކޮށްގެން ކުރިއަށް ދިއުމަށް ނިންމާ ނިންމުން ނޫން ގޮތެއް ރަނގަޅު ނުވާނެކަމަށް އަހުމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ތަރައްގީ އާއިއެކު ކުރިއަށް ދެވޭނެ ގޮތަކީ ރައީސް ސާލިހަށް ވޯޓު ދެއްވުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ