އެމްޑީޕީގެ ބޮޑު ތުހުމަތެއް: އީސީގެ ޕޯޓަލްގެ އެކްސެސް ޕީއެންސީއަށް އެބައޮތް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހަޅާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޕޯޓަލަށް ވަދެ، މައުލޫމާތުތައް ބެލުމުގެ ބާރު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް އޮންނަ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވިދާޅުވީ، އީސީގެ ތެރޭގައި ކައުންސިލް އިންތިޚާބާ ގުޅޭ ބައެއް ކަންކަން ހިނގާކަން ޔަގީންވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް އީފާސް މެދުވެރިކޮށް ތާއިދުކުރުމުން އެ މައުލޫމާތު ވަގުތުން ޕީއެންސީއަށް ލިބޭ ކަމަށެވެ. އެއީ، ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. މާނައަކީ، އިލެކްޝަންގެ ޕޯޓަލްއަށް އެކްސެސް އެބައޮތޭ ޕީއެންސީއަށް. އެކަން އަޅުގަނޑުމެނަށް ޔަގީން އެބަކުރެވޭ ބައެއް ކެންޑިޑޭޓުންނާއި އާންމުން އެ ވާހަކަ ހިއްސާކުރާތީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން އެ ފަދަ ކަމެއް ދައްކަވައި، ހުސައިން ވިދާޅުވީ، ތ. ވިލުފުއްޓަށް ކުރިމަތިލި އަމިއްލަ ކެންޑިޑޭޓަކަށް ތާއިދުކުރި ބައެއް މީހުންގެ މައުލޫމާތު ޕީއެންސީއަށް ލިބިފައި އެބަހުރި ކަމަށެވެ. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ އެ މައުލޫމާތުތައް އިދާރާތަކަށް ހުށަހަޅަން ޖެހޭ އިދާރާތަކަށް ޝަކުވާ ހުށަހަޅާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ކަމުން ފެންނަނީ، ޕީއެންސީއަށް އީސީން ކަންކަން ފަހިކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔަ އޮފީހުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު ބޭއްވި ބައްދަލުވުމުގެ ނަތީޖާ. ސިއްރު ބައްދަލުވުންތައް ބާއްވައިގެން މި އިންތިޚާބުގައި އަނެއްކާ ވެސް މި ވަނީ ނަހަމަ ކަންތައްތަކެއް ހިންގަން ފަށާފައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން އޭނާ ވިދާޅުވީ، ސިއްރު ބައްދަލުވުންތައް ބާއްވައިގެން ވަކި މައުލޫމާތުތަކެއް ޕީއެންސީއަށް ދީގެން، އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އީސީން މަސައްކަތް ކުރާނަމަ، އެކަމާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ. ޕާޓީގެ ކެންޑިޑޭޓުންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަން އެ ޕާޓީން ފާހަގަކުރިއެވެ. އެމްޑީޕީން އެ ފަދައިން ތުހުމަތުކުރިއިރު، އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެކަން ފާހަގަކޮށް އެކަން ކުރާނެ ގޮތް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކިޔައިދީފައެވެ. އެ ގޮތުން، އެ ކެންޑިޑޭޓަކަށް ތާއީދު ދޭން ބޭނުންނަމަ، ނުވަތަ ނޫން ނަމަ ދާއިރާގެ ރައްޔިތުން އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލަށް ވަދެ، ތާއީދު ދިނުމަށް ނުވަތަ ނުދިނުމަށް ކަނޑައެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އިންތިޚާބުތަކުގައި ވާދަކުރަން ހުށަހަޅަން ހުޅުވާލާފައިވާއިރު، އެ މުއްދަތު ހަމަވާނީ އަންނަ މަހު އެއްވަނަ ދުވަހުގެ 15:30 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ