ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އަތޮޅު ބުުރުގެ މެޗުތައް މިއަދު ފެށިގެން ދިޔައިރު، ހދ. އަތޮޅުގެ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ނައިވާދޫން 4-0 އިން ފިނޭ ބަލިކޮށް ރަނގަޅު މޮޅަކުން ވަނީ ފަށައިފި އެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރަނަރަޕަށް ދިޔަ ނައިވާދޫ އަށް މި ފަަހަރުގެ މުބާރާތާ ކުރިމަތިލިއިރު، އެކި ސަބަބުތަކާ ހުރެ ޓީމަށް ވަނީ އުނދަގޫ ހާލަތެއް ކުރިމަތިވެފަ އެވެ. އެ ގޮތުން، ގައުމީ ފުޓްސަލް ޓީމުގައި ނައިވާދޫގެ ތިން ކުޅުންތެރިއަކު ހިމެނިގެން މި ވަގުތު ޗައިނާގައި ކޭމްޕްގައި ތިބިއިރު، އަނިޔާއާ ހެދި ވެސް ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު ހުރީ ކުޅުމާ ދުރުގަ އެވެ.
ހދ. އަތޮޅުގެ ގްރޫޕް ބީގައި ނައިވާދޫން ކުޅުނު މެޗުގައި ލަނޑުތައް ޖެހީ، ކެޕްޓަން، ޔާމިން މުހައްމަދު (ޔާންޓެ)، މުހައްމަދު އަސްލަމް (މޯންޑޭ)، ޔޫސުފް ޝާއިފްގެ އިތުރުން ބަދަލަަކަށް ކުޅެން އެރި މުހައްމަދު ނިހާދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޔާންޓެ އެވެ.
ހދ. އަތޮޅުން މި ފަހަރު ވެސް ޖުމްލަ 10 ޓީމަކުން ވާދަކުރާއިރު، ނައިވާދޫ ހިމެނޭ ގްރޫޕްގެ އަނެއް މެޗުގައި، ވައިކަރަދޫ އަަތުން ނެއްލައިދޫ މޮޅުވީ 3-0 އިންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނިޓް ތެރޭ، މުހައްމަދު ފާރިޝް ވަނީ ނެއްލައިދޫ އަށް ލީޑުނަގައިދީފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އަހުމަދު ރީހާން އެވެ.
ނޮޅިވަރަންފަރު ޓީމުގެ އިއްބެ އާއި ރިޔާޒު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ހދ. އަތޮޅު ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން، ހަނިމާދޫން ވަނީ 5-0 އިން މަކުނުދޫ ބަލިކޮށްފަ އެވެ. ހަނިމާދޫ އަށް ލަނޑުތައް ޖަހައިދިނީ، އަބޫބަކުރު ސިއްދީގު ދެ ގޯލުގެ އިތުރުން، ކެޕްޓަން، އަލީ ހުސެއިން، އަހުމަދު ޒަޔާން އަދި ހުޒާމް އަބްދުލް ރަހީމް އެެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ހަނިމާދޫގެ ހުސެއިންނެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި، ނޮޅިވަރަންފަރުން ވަނީ ނޮޅިވަރަމް އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
ނޮޅިވަރަންފަރުގެ އަހުމަދު ސިޒާން (ސިއްޕެ) ޖެހި ގޯލުން އެ ޓީމު ލީޑުނެގި ނަމަވެސް ނޮޅިވަރަމްގެ ހަމްޒާ އަބޫބަކުރު ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނޮޅިވަރަންފަރު މޮޅުކޮށްދިން ލަނޑުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ރިޔާޒް އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި މުހައްމަދު ސާމިހު ފަތުހުﷲ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މި ފަހަރު 119 ޓީމުން ކުޅޭއިރު، އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް މުބާރާތް ކުރިއަށްދާނެ އެވެ. މުބާރާތުގައި މިރޭ ވެސް އަށް މެޗެއް ކުޅޭނެ އެވެ.
ނައިވާދޫ، ނޮޅިވަރަންފަރު، ހަނިމާދޫ އަދި ނެއްލައިދޫން ފެށީ މޮޅަކުން ނައިވާދޫ، ނޮޅިވަރަންފަރު، ހަނިމާދޫ އަދި ނެއްލައިދޫން ފެށީ މޮޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ