ކޮލަންބިއާއާއި މެކްސިކޯއަށް ވެސް އަރައިގެންފާނެކަމުގެ އިންޒާރު އެމެރިކާ ދީފި

ވޮޝިންޓަން (5 ޖަނަވަރީ 2026) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮލަންބިއާ އާއި މެކްސިކޯގެ ރައީސުންނަށްވެސް އިންޒާރު ދެއްވައިފިއެވެ. އެމެރިކާގެ ރިޔާސީ ޖެޓް "އެއާފޯސް ވަން" ގައި ދެއްވި ބަޔާނެއްގައި ވިދާޅުވީ ކޮލަންބިއާ ގައި ވެރިކަން ކުރަނީ ބަލިމީހެއްކަމަށާއި އެކަން އެގޮތަށް ދެން މާ ގިނަދުވަހު ދެމި ނޯންނާނެކަމުގައެވެ. "ކޮލަންބިއާގައި ވެސް ކާމިޔާބު އޮޕަރޭޝަނެއް ކުރިޔަށްގެންދެވިދާނެ،" އެމެރިކާ ސިފައިން މުލައްދަނޑީގެ ބާރު ބޭނުންކޮށްގެން ދާދިފަހުން ވެނެޒުއެލާގެ މިނިވަންކަމާއި ސިޔާދަށް އަރައިގަނެ ވެނެޒުއެލާގެ ރައީސް އާއި އޭނާގެ އަނބިކަނބަލުން ވަގަށްނެގި ޣައިރު ގާނޫނީ އަމަލަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވިއެވެ. މީގެއިތުރުން ޓްރަމްޕް ވަނީ އެމެރިކާ އެދޭގޮތަށް މެކްސިކޯ ވެސް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެ މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝެއިންބައުމް ޕެޑްރޯއަށް ވެސް އިންޒާރެއް ދެއްވާފައެވެ. ވެނެޒުއެލާގެ އައު ރައީސާ އެގައުމުގެ ދިފާއީ ވަޒީރުންނާ އަދި އިސް މުސްތަޝާރުންނާއެކު އދ. އިންވަނީ އެމެރިކާ ވެނެޒުއެލާގެ ރައީސް ވަގަށް ނެގުމަކީ ޣައިރު ގާނޫނީ އަމަލެއްކަމަށް ސިފަކޮށް ބަޔާނެއް ނެރެފައެވެ. ޓްރަމްޕް، ކޮލަންބިއާ އާއި މެކްސިކޯގެ ރައީސުން މަގާމުން ދުރުކުރަން ޖެހިދާނެކަމުގެ އިންޒާރުދެއްވީ ވެނެޒުއެލާގެ ރައީސް ވަގަށް ނެގުމަކީ އެމެރިކާ ހިންގި ޣައިރު ގާނޫނީ އަމަލެއްކަމަށް ކަމަށް އެ ދެގައުމުގެ ސަރުކާރުން ސިފަކުރުމާ ގުޅިގެންނެވެ. ޓްރަމްޕް ވަނީ ވެނެޒުއެލާ މިހާރު ހިންގަމުންގެންދަނީ އެމެރިކާ ކަމަށާއި އެމެރިކާގެ ތެޔޮކުންފުނިތައް ވަރަށް އަވަހަށް ވެނެޒުއެލާއަށް ދާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވެނެޒުއެލާގެ ސްޕްރީމް ކޯޓުންވަނީ އެގައުމުގެ މިހާރުގެ ރައީސް އަކީ އެގައުމުގެ ނައިބު ރައީސް ޑެލްސީ ރޮގްރިގޭޒް ކަމަށް ކަނޑައަޅާފައެވެ. މިއާއެކު ޑެލްސީ ވަނީ ރައީސްކަމުގެ ހުވާކުރައްވައި މަގާމާ ހަވާލުވެވަޑައިގެންފައެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމާ މުޚާތަބު ކުރައްވައި ދެއްވި ބަޔާނުގައި އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވަގަށް ނެގުމަށް އެމެރިކާ ހިންގި އަމަލަކީ ޣައިރު ގާނޫނީ އަމަލެއްކަމަށް ސިފަކުރައްވައި މަޑޫރޯ އަކީ ބަތަލެއްކަމަށް ޑެލްސީ ވަނީ ސިފަކުރައްވާފައެވެ. އަދި ބޭރުގެ ބާރުތައް ވެނެޒުއެލާއަށް އަރައިގަތުމާ ދެކޮޅު ހައްދަވާކަމަށާއި ވެނެޒުއެލާގެ ކަންކަން ނިންމާނީ އެ ގައުމުގެ ރައްޔިތުންކަމަށާއި ބޭރުގެ ބާރުތަކުން ނޫންކަމަށް ވެސް ޑެލްސީ ވަނީ ވިދާޅުވެފައެވެ. ޑެލްސީގެ ބަޔާނާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރުބިއޯ ވަނީ ވެނެޒުއެލާގެ އައު ރައީސް ޑެލްސީއަށް ފޯނުން ގުޅުއްވައި އެމެރިކާ އެދޭގޮތަށް އަމަލުކުރުމަށް އޭނާއަށް ޕްރެޝަރު ކުރައްވާފައެވެ. އެގޮތަށް އަމަލުނުކުރާނަމަ ނަތީޖާ ވަރަށް ގޯސްވާނެކަމުގެ އިންޒާރު ރުބިއޯ ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ