އަހަރުގެ ފުރަތަމަ 10 ދުވަހުން ބައި ލައްކަ ފަތުރުވެރިން؛ %12.9 އިތުރު

މި އަހަރުގެ ފުރަތަމަ 10 ދުވަސް ތެރޭ ރާއްޖެ އައިސްފައި ވަނީ 56،832 ފަތުރުވެރިން ކަމަށާއި އެއީ މިދިޔަ އަހަރާ އަޅާބަލާއިރު %12.9 އިތުރު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،941 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %12.9ގެ އިތުރުވުމެކެވެ.
ތަފްސީލް - މި އަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ މި މަހުގެ 3 ވަނަ ދުވަހު އެވެ. އެ ދުވަހު 8،082 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 13،157 ފަތުރުވެރިން އައިސްފައިވެ އެވެ.
ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ:
އިޓަލީ - 9،199 ފަތުރުވެރިން
އިނގިރޭސިވިލާތް - 5،163 ފަތުރުވެރިން
ޖަރުމަނު - 4،202 ފަތުރުވެރިން
ޗައިނާ - 2،944 ފަތުރުވެރިން
ފާހަގަ ކުރެވޭ - މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އައިސްފައިވަނީ 2.2 މިލިއަން ފަތުރުވެރިންނެވެ. މިއީ ސަރުކާރުން މިދިޔަ އަހަރަށް ކަނޑައެޅި 2.3 މިލިއަން ފަތުރުވެރިންގެ ޓާގެޓަށް ވުރެ ލައްކައެއްހާ ފަތުރުވެރިން މަދު އަދަދެކެވެ.
މި އަހަރު ރާއްޖެއިން އަމާޒު ހިފާފައިވަނީ 2.4 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ