ދިރާގުން ދޭ ދެ ސްޕީޑުބޯޓުގެ ތެރެއިން ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުން ހުކުރު ދުވަހު
ދިރާގުން ކުރިއަށްގެންދާ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ފުރަތަމަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ މި މަހުގެ 16، ވާ ހުކުރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ ރަސްމިއްޔާތެއްގައި ހޮވުމަށް ހަމަޖެހިއްޖެ އެވެ.އެ ގުރުއަތުލުން އޮންނާނީ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި ޕްރޮމޯޝަނުގައި ދެނީ އަލްޝާލީ މެރިން އިން ދޭ ކެނެރީ 28 މޮޑެލްގެ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނު އެޅި ސްޕޯޓްސް ސްޕީޑް ލޯންޗެކެވެ.އެއީ މަސްވެރިކަމާއި ކުރު ދަތުރުތަކާއި އެކި އެކްސްކާޝަންތަކުގައި ބޭނުން ކުރެވޭނެ ލޯންޗެކެވެ.ދިރާގުން ބުނީ ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެކަމަށް ވެސް ދިރާގުން ބުންޏެވެ.ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ސްޕީޑް ބޯޓު ލިބޭ ނަސީބުވެރިޔާ މި މަހު 16، ގައި ހޮވިޔަސް، ދެވަނަ ސްޕީޑް ބޯޓު ހޯދުމުގެ ފުރުސަތު މާޗު 31، ގެ ނިޔަލަށް ކަސްޓަމަރުންނަށް އަދިވެސް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ