ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ ބޭންކު ބަންދުވި ނަމަވެސް ކަސްޓަމަރުންނަށް ދަތިކަމެއް ނެތި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އިންޓަނެޓް ބޭންކިން އާއި މޮބައިލް އެޕްގެ ހިދުމަތް މެދުނުކެނޑި ލިބޭނެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.
މި ބަންދަށް ފަހު ބޭންކުތައް އަލުން ހުޅުވައި ހިދުމަތް ދޭން ފަށާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ބަންދު ދުވަސްތަކުގައި ކަސްޓަމަރުންނަށް އެހީތެރިވުމަށް ކޮންޓެކްޓް ސެންޓަރުތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މުއާމަލާތް ކުރެވޭނެއެވެ. ކޮންމެ އަހަރަކު ވެސް އަހަރު ނިމުމާ ދިމާކޮށް ބޭންކުތަކުގެ މާލީ ހިސާބުތައް ނިންމުމަށް، އަހަރުގެ ފަހު ދުވަސްކޮޅު ބޭންކުތައް ބަންދުކުރެއެވެ.
އެހެން ދީންތައް އޮތުމާމެދު ސުވާލުކޮށް ދިރާސާއެއް ނުކުރަން: އެޗްއާރުސީއެމް ކައުންސިލް އިންތިހާބަށް 100 އަށްވުރެ ގިނަ މުވައްޒަފުން ހޯދަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އާންމުކޮށްފި ބާޒާރު މަތިން މީހަކު މޫދަށް އެއްލާލި މައްސ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ