އާތިފު އެދިލެއްވީ ޕީއެސްއައިޕީއަށް ކަނޑައަޅާ ބަޖެޓް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔުމަށް، އެއީ ރަށްތަކަށް އެންމެ ރަނގަޅުވާނެ ގޮތް

ރަށްތަކަށް އެންމެ ފައިދާ ހުރި ގޮތަކީ ޕީއެސްއައިޕީއަށް ކަނޑައަޅާ ބަޖެޓް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔުން ކަމަށާއި އެކަމަކީ މުޅި ދިވެހިރާއްޖެއަށްވެސް އެންމެ ރަނގަޅު ގޮތްކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ތަރައްގީކުރި 'ބޯޒިޔާރާތް' ސަރަހައްދު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ކުޅުދުއްފުށީގައި ޕީއެސްއައިޕީ މަޝްރޫއެއް ހިނގިތަނެއް ނުފެނުނު ކަމަށާއި އެކަމަކު އެ ދެ އަހަރަށް ބަލާއިރު 110 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރި ކަމަށެވެ.
"
"އަޅުގަނޑު އެދޭ އެދުމަކީ ޕީއެސްއައިޕީއަށް ދައުލަތުން ކަނޑައަޅާ ބަޖެޓް ރަށްރަށުގެ ނުވަތަ ސިޓީތަކުގެ ކައުންސިލްތަކާ ހަވާލުކުރުން. އެއީ މިއަދު އަޅުގަނޑުމެންނަށް ފެންނަ ހައްލަކީ. ޕީއެސްއައިޕީ ބަޖެޓުގައި ދައުލަތުގެ އާމުދަނީގެ ތެރެއިން ޕީއެސްއައިޕީ ހިންގަން ދޭ ނިސްބަތް. ސަރުކާރުން ބުނާށޭ ކުޅުދުއްފުއްޓަށް މިއަހަރު ލިބޭނީ 800 މިލިއަން ވިއްޔާ 800 މިލިއަންއޭ. އަޅުގަނޑުމެން ހިންގާނަމޭ މިތަނުގައި ރައްޔިތުން އެދޭ މަޝްރޫއު. އަޅުގަނޑުމެންގެ ރައްޔިތުންނާ މަޝްވަރާކުރެވި އަޅުގަނޑުމެން ނިންމާނަމޭ، އެ 800 މިލިއަނުން މިރަށަށް އެންމެ މުހިންމުވަނީ ކޮންކަންތައްތަކެއް ތޯ. މިތަނުގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ ކޮން ކަމެއްތޯ." މޭޔަރު އާތިފު ވިދާޅުވި އެވެ.
މޭޔަރު އާތިފު
"އެހެންނަމަވެސް އަޅުގަނޑުމެންގެ ރަށުގައި ހިނގަ ހިނގަ ހުރި އެއްވެސް މަޝްރޫއެއް ކުރިއަށްދާ ތަނެއް ނުފެނުނު. އަދި އަލަށް ޕްލޭން ކުރެވިފައިވާ ސަރުކާރުގެ އެއްވެސް މަޝްރޫއެއް ކުރިއަށްދާ ތަނެއް ނުފެނުނުކަން ހިތާމައާއެކު ފާހަގަކުރަން." މޭޔަރު ވިދާޅުވި އެވެ.
އެހެންވުމުން އާތިފު އެދިލެއްވީ، ދައުލަތުގެ ޕީއެސްއައިޕީއަށް ކަނޑައަޅާ ބަޖެޓް އެރަށެއްގެ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަކީ މުޅި ރާއްޖެއަށްވެސް އެންމެ ރަނގަޅުވާނެ ގޮތް ކަމަށެވެ.
"އަޅުގަނޑު އެދޭ އެދުމަކީ ޕީއެސްއައިޕީއަށް ދައުލަތުން ކަނޑައަޅާ ބަޖެޓް ރަށްރަށުގެ ނުވަތަ ސިޓީތަކުގެ ކައުންސިލްތަކާ ހަވާލުކުރުން. އެއީ މިއަދު އަޅުގަނޑުމެންނަށް ފެންނަ ހައްލަކީ. ޕީއެސްއައިޕީ ބަޖެޓުގައި ދައުލަތުގެ އާމުދަނީގެ ތެރެއިން ޕީއެސްއައިޕީ ހިންގަން ދޭ ނިސްބަތް. ސަރުކާރުން ބުނާށޭ ކުޅުދުއްފުއްޓަށް މިއަހަރު ލިބޭނީ 800 މިލިއަން ވިއްޔާ 800 މިލިއަންއޭ. އަޅުގަނޑުމެން ހިންގާނަމޭ މިތަނުގައި ރައްޔިތުން އެދޭ މަޝްރޫއު. އަޅުގަނޑުމެންގެ ރައްޔިތުންނާ މަޝްވަރާކުރެވި އަޅުގަނޑުމެން ނިންމާނަމޭ، އެ 800 މިލިއަނުން މިރަށަށް އެންމެ މުހިންމުވަނީ ކޮންކަންތައްތަކެއް ތޯ. މިތަނުގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ ކޮން ކަމެއްތޯ." މޭޔަރު އާތިފު ވިދާޅުވި އެވެ.
އާތިފު ވިދާޅުވީ، މިއަދު ދައުލަތުގެ ބަޖެޓް ފާސްކުރާއިރު ބަޖެޓް އެކަށްޗެއްވެސް އެނގޭކަން ނެތް ކަމަށާއި އެންމެ ދެރަވެގެން ކުޅުދުއްފުއްޓަށް އޮތީ ކޮން މަޝްރޫއެއްކަންވެސް މިއަދު އެނގޭކަން ނެތްކަމަށެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީ ތަސައްވަރުކުރާ ގޮތް ނޫންކަމުގައިވެސް އާތިފު ފާހަގަކުރެއްވި އެވެ.
ކޮންމެ އަހަރަކުވެސް ދައުލަތުން ބަޖެޓް ފާސްކުރާއިރު ޕީއެސްއައިޕީގައި އެރަށަކަށް ހުންނާނެ މަޝްރޫއުތައް އެރަށެއްގެ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭނެ ކަންތައްތައް ވަކިން އެނގެން ހުރުމަކީ މުހިންމުކަމެއް ކަމަށާއި އެހެންނަމަވެސް މިއަދު މި އޮންނަނީ ސަރުކާރުގެ ބަނޑުގައި ނުވަތަ ވަކި ބޭފުޅެއްގެ ހިތުތެރޭގައި ކަމުގައި އާތިފު ވިދާޅުވި އެވެ. އަދި މިހެން އޮތުމުގެ ސަބަބުން ރައްޔިތުންގެ އުންމީދުތައް ގެއްލިގެންދާކަން އާތިފު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ