އެސްއެމްއީ ޑިޖިޓަލްއިން ބުނީ މި ފުރުސަތު ހުޅުވާލުމުގެ އެންމެ މުހިންމު ބޭނުމަކީ އެސްއެމްއީ ޑިޖިޓަލް ފައިނޭންސިން މެދުވެރިކޮށް ތަކެތި ގަތުމަށް ހުށައަޅާ ފަރާތްތަކަށް މުދަލާއި ޚިދުމަތް ހޯދޭނެ ތަންތަން އިތުރުކޮށްދިނުން ކަމަށެވެ.
"އަމާޒަކީ އެސްއެމްއީ ޑިޖިޓަލްއަކީ ހަމައެކަނި ފައިނޭންސިން ފޯރުކޮށްދޭ ތަނެއްގެ ބަދަލުގައި، ކުދި ވިޔަފާރިތަކުގެ ހުރިހާ މަރުޙަލާއެއްގައި އަމަލީގޮތުން ބައިވެރިވާ މުއައްސަސާއަކަށް ހެދުން" އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން މީގެކުރިން ވިދާޅުވެފައިވެއެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާއެވެ. އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ކުދި ވިޔަފާރިތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ