ކަލަގޮވުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމުގައި ކުރީގެ ރައީސް މަައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ދިވެހި ބަހުން ކުރެއްވި ޕޯސްޓްގައި މައުމޫން ވިދާޅުވީ ކަލަގޮވުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށެވެ.
އަދި ވިދާޅުވީ އަމުދުން ޤައުމުތަކުގެ ވެރިން އެކަން ކުރެއްވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
މައުމޫން މިފަދަ ޕޯސްޓެއް ކުރެއްވީ ކޮން ކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އެ ޕޯސްޓަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ އެ ސުވާލު ވެސް ކުރައްވާފަ އެވެ.
ކަލަގޮވުމަކީ ކަމެއް ކޮށް ދިނުމަށް ފަހު އެ ވާހަކައެެއް ގޮވުމެވެ. ނުވަތަ ކިޔުމެވެ.
ކަލަގޮވުމަކީ ވަރަށް ވިޔާނުދާ ކަމެއް، އަމުދުން ވެރީން އެކަން ކުރުން ވަރަށް ދެރަ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ