އޭއީއެޗުން މެޑިކަލް އިންޓާންޝިޕްގެ އާ ބުރަކަށް ހުޅުވާލައިފި
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ހަދަން މިއަދު ހުޅުވާލައިފި އެވެ.އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ މި ބުރުގައި 15 މީހަކަށް ޖާގަ ދޭން ނިންމާފައިވާ ކަމަށެވެ. އެހެންވެ އޭއީއެޗްގައި އިންޓާންޝިޕް ފުރިހަމަ ކުރަން ޝައުގުވެރިވާ މެޑިކަލް ގްރެޖްއޭޓުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.އެ އިންޓާންޝިޕަށް ޝަރުތު ހަމަވާނީ މެޑިކަލް ކޮލެޖު ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތް މީހުންނާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރަޖިސްޓްރޭޝަން ސެޓްފިކެޓް އޮތް މީހުންނަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތް މީހަކަށް ވާންޖެހެ އެވެ.ހޮސްޕިޓަލުން ބުނި ގޮތުގައި އެޕްލިކޭޝަން ފޯމާ އެކު އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ ފަދަ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ. މިކަމާ ބެހޭ އިތުުރު މައުލޫމާތު މި ނަންބަރު 6885045 އަދި މި މެއިލް info@aeh.gov.mv އިން ހޯދޭނެ އެވެ.އޭއީއެޗްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ