ކޮކާ-ކޯލާއިން އަގުހުރި އިނާމުތައް ހިމެނޭ ޕްރޮމޯޝަންތަކާ އެކު ވޯލްޑް ކަޕް ފޯރި ރާއްޖެއަށް

ކޮކާ-ކޯލާ މޯލްޑިވްސް އިން މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް އަމާޒުކޮށްގެން، މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ހާއްސަ ފުޓްބޯޅަ ކެމްޕޭން ވަރަށް ފޯރިއާ އެކު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ކެމްޕޭނަކީ ރާއްޖޭގައި ތިބި ސަޕޯޓަރުންނަށް އަގުހުރި އިނާމުތަކާއި އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ފެށި ހަރަކާތެކެވެ.
ތަފްސީލް - މިދިޔަ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި، ކޮކާ-ކޯލާގެ ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ހޮވޭ އިނާމުތަކާއި ބްރޭންޑެޑް މާޗަންޑައިޒްގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ މެޗެއް ބަލާލަން ދިއުން ހިމެނޭ އިނާމުތައް ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ކެމްޕޭނުގެ ޕްރޮމޯޝަން މިދިޔަ މަހުގެ 21ގައި ފަށާފައިވާއިރު، މި ޕްރޮމޯޝަން 24 މެއިގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ކޮކާ-ކޯލާ، ސްޕްރައިޓް، ފެންޓާ އޮރެންޖް ނުވަތަ ފެންޓާ ސްޓްރޯބެރީގެ 500 މިލިލީޓަރު، 1.25 ލީޓަރު ނުވަތަ 2 ލީޓަރުގެ ޕެޓް ފުޅީގެ ރަންކުލައިގެ މަތިގަނޑުގެ ނުފުށުގައިވާ ކޯޑު، ނުވަތަ 330 މިލިލީޓަރުގެ ކޮކާ-ކޯލާ ދަޅުގެ ޓެބްގެ ދަށުގައިވާ ކޯޑު 2626އަށް އެސްއެމްއެސް ކުރަން ޖެހޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ލިބޭނެ އަގުހުރި އިނާމުތަކުގެ ތެރޭގައި:
ބޮޑު އިނާމު: 8 ނަސީބުވެރިއަކަށް، ދެ މީހެއްގެ ދަތުރުގެ ހުރިހާ ހަރަދަކާ އެކު ވޯލްޑް ކަޕް މެޗެއް ވަގުތުން ބަލާލުމުގެ ފުރުސަތު
ދެވަނަ ފަންތި: 60 ނަސީބުވެރިއަކަށް ކޮކާ-ކޯލާ މިނީ ކޫލަރު އަދި 120 ނަސީބުވެރިއަކަށް ފުޓްބޯޅަ ބައްޓަމުގެ ޕާސަނަލް ކޫލަރު
ތިންވަނަ ފަންތި: 180 ނަސީބުވެރިއަކަށް ކޯކް އަދި ފީފާ ބްރޭންޑްގެ ފުޓްބޯޅަ
ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމުގެ ފުރަތަމަ ގުރުއަތުލުން އަންނަ ހޯމަ ދުވަހުގެ ރޭ 9ގައި އައިސް ޓީވީ މެދުވެރިކޮށް ލައިވްކޮށް ދައްކާނެ އެވެ. އަދި އޭގެ ފަހުން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިން އިއުލާން ކުރަމުންދާނެ އެވެ.
މީގެ އިތުރުން، މެއި މަހުން ޖުލައި މަހުގެ ނިޔަލަށް 'ކަލެކްޓިބަލް ކަންޓްރީ ޕެކްސް'ގެ ނަމުގައި ލިމިޓެޑް އެޑިޝަން ފުޅިތަކާއި ދަޅުތައް ވެސް ބާޒާރަށް ތައާރަފުކުރާނެ އެވެ. މިއީ ފުޓްބޯޅައިގެ މަގުބޫލު ގައުމުތަކުގެ ކުލަތަކުން އިންސްޕަޔަވެގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ