ކުޅުދުއްފުށީ 2000 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޑިޒައިނިންގ އަދި އިންޖިނިއަރިންގ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށްވާ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަންތަނުގައި ހިމެނޭނީ 900 އަކަފޫޓުގެ ޖާގަ ތަނަވަސް ތިން ކޮޓަރީގެ އެޕާޓްމެންޓުތަކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، މިއީ ކުޅުދުއްފުށީގެ ރައްޔިތުން ބޯހިޔާވަހިކަން މިިލްކު ކުރުމަށް ކުރަމުން އައި އުންމީދުތައް ހަގީގަތަކަށް ވާނެ ދުވަސް ކަމަށެވެ.
ސަރުކާރުން ބުނިގޮތުގައި މި މަސައްކަތްތަކަކީ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ