ބެއާއެއް ތެރެއަށް އަޅައިގެން ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުސް މީހާގެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި މި މައްސަލަ ބަލަނީ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން "ފުރިހަމަ ތަހުގީގެއް" ހިންގުމަށެވެ.
މިފަދަ މައްސަލައެއް ބަލަން އެންއައިސީއިން ނިންމާފައިވާއިރު ފާއިތުވެދިޔަ ދެ އަހަރު ބޭއްވި މުޒާހަރާތަކުގައި އާންމުންނަށް އަނިޔާކޮށްގެން ފުލުހުންނާ ދެކޮޅަށް ހުށަހެޅި މައްސަލަތަކުގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ. އޭގެއިން އެއްވެސް މައްސަލައެއްގައި ފުލުހަކާ ދެކޮޅަށް ފިޔަވަޅު އެޅި ކަމެއް ނޭނގެ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުލުހެއް ކަމަށްވާ ތ. ހިރިލަންދޫ، ދިލާސާގެ، މުހައްމަދު ނަވާޒު، 25، ކަމަށެވެ. ނަވާޒު ހައްޔަރުކުރުމަށްފަހު އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ފުލުހުން ބަލައިފާސްކުރި އެވެ.
މަސްތުވާތަކެތި ފެނުނީ އޭނާގެ އަތުގައި އޮތް ބެއާއެއް ފަހާފައި ހުރިކަން ފާހަގަވެގެން އޭގެ އެތެރެ ބެލުމުންނެވެ. ބެއާގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެ އެވެ. އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް، އަދި އެ ތަކެތީގައި ހުރީ ކިހާ ބަރުދަނެއް ކަމެއް ފުލުހުން ނުބުނެ އެވެ.
އޭގެ އިތުރުން، ފުލުހުން ބުނި ގޮތުގައި ހައްޔަރަށް ގެންގޮސް ނަވާޒުގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.
މި މައްސަލަ އާއި ގުޅިގެން ނަވާޒު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ވަންދޫއަށް ޑްރަގު އެތެރެކުރަން އުޅުނު ފުލުސް މީހާގެ މައްސަލަ އިންޓަގްރިޓީ ކޮމިޝަނުން ބަލަނީ ވަންދޫއަށް ޑްރަގު އެތެރެކުރަން އުޅުނު ފުލުސް މީހާގެ މައްސަލަ އިންޓަގްރިޓީ ކޮމިޝަނުން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ