އޭއޯ ރޯދައިގެ ބަދިގެ: ބްރެޑް ޕުޑިންގ ކައުންސިލް އިންތިހާބު: ވޯޓުފޮށި ބަހައްޓާނީ އެންމެ 21 ރިސޯޓުގައި، ބޭރު ގައުމުތަކުގައި ފޮއްޓެއް ނުހުންނާނެ 9,000 ރުފިޔާގެ ފްލެޓް 25,000 އަށް ކުއްޔަށް ދޭ މައްސަލަ ބަލަނީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެންބަރުކަން

ބޮޑުތަކުރުފާނު މަގުން ސިނަމާލެ ބްރިޖު ކައިރީގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓުގައި ނިޔާވީ ބ. ދަރަވަންދޫ، ހިޔަލީގުލްޝަން، މުހައްމަދު ނިހާން ނާޒިމް އެވެ. އެއީ އިމާދުއްދީން ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުން އައި އަދި މި އަހަރުގެ އޯ ލެވެލް އިމްތިހާނު ވެސް ހަދަމުން އަންނަ ދަރިވަރެކެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު 1:30 އެހާއިރު ހިނގި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ފިރިހެންމީހާ އާއި ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް އަނިޔާވެގެން ހޮޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި 16 އަހަރުގެ ކުއްޖާ ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، ސައިކަލް ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެއް ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ