ދުންފުހުގެ އަސަރު ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މެޓުން މިއަދު ބުނީ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރަމުންދާ ކަމަށާއި އޭގެ އަސަރު އެންމެ ބޮޑު އުތުރާއި މެދުރާއްޖެ ތެރެއަށް ކަމަށެވެ.
ތަފްސީލް - މޫސުމާ ބެހޭ ރިޕޯޓުތަކުގައި އުތުރުގެ ރަށްތަކަށް ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް ވުރެ ދަށްވެފައިވާ ކަމަށް ރިޕޯޓުކުރަމުންދާ ކަމަށް ވެސް މެޓުން ބުންޏެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވައި ނުސާފުވާނެ ކަމަށް ލަފާކުރެވޭތީ، ގިނަ ވަގުތު ބޭރުގައި އުޅޭ މީހުން އަދި ހާއްސަކޮށް ކަނޑުދަތުރުކުރާ މީހުން ސަމާލުވުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެނގުން މުުހިއްމު - ވިލިމާލޭގައި ހުންނަ ސެންޓަ ފޯ މެރިޓައިމް ސްޑަޓީޒްގައި ގާއިމްކޮށްފައިވާ އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދައްކާ ގޮތުން، މި ސަރަހައްދުގައި ވައިގެ ކޮލެޓީ މިއަދު ހުރީ 115ގަ އެވެ.
މިއީ ސެންސެޓިވް ނުވަތަ ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެ ހާލަތެކެވެ.
މިހާލަތުގައި ސަމާލުކަން ދޭންވީ ކަންތައްތަކަކީ:
ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުން
ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
އެއާ ޕިއުރިފައިއާ ބޭނުން ކުރުން
ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން
އައިކިޔުއެއާ ވެބްސައިޓުގައި ހުރި މައުލޫމާތަށް ބަލާއިރު:
ޕީއެމް 2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 41 މައިކްރޯ ގްރާމްގައި
ކުރިއަށް އޮތް 5 ދުވަހު ވެސް ވައި ނުސާފުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ