ތިނަދޫގެ އިތުރު 50 މަގެއްގައި ތާރު އަޅަނީ

ގދ. ތިނަދޫގެ އިތުރު 50 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެކު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ޒަމާނީ ފެންވަރަށް ތިނަދޫގެ މަގުތައް ބަދަލުކުރުމަށް، ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން، އެކި ވަރަށް އެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ.
އާރުޑީސީއާ އެކު މިއަދު ސޮއި ކުރީ އެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ އެއްބަސްވުމުގަ އެވެ. މި މަޝްރޫއުގެ ދަށުން ތިނަދޫގެ އިތުރު 50 މަގެއްގައި ތާރު އަޅާނެ އެވެ.
ތަފްސީލް - ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި:
މި މަޝްރޫއުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް
މި މަޝްރޫއުގެ ދަށުން:
19.3 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެ
އެއީ 50 މަގު
އޭގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރާނެ
ދުވާރުތައް ހަދާނެ
މުޅި މި މަޝްރޫއު ނިންމަން، ތިން އަހަރެއްހާ ދުވަސް ނަގާނެ އެވެ. އަދި އޭގެ އަގު 34 މިލިޔަން ރުފިޔާއަށްވުރެ މައްޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ