ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި 16 އަހަރުގެ ކުއްޖާގެ ޖަނާޒާ އަސުރު ނަމާދަށް ފަހު ބޭއްވުމަށް ނިންމައިފި އެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ޕޭމެންޓް މައްޗަށް އަރައި އެކްސިޑެންޓްވެ ލިބުނު އަނިޔާތަކާއި ގުޅިގެން ނިޔާވީ ބ. ދަރަވަންދޫ, ހިޔަލީގުލްޝަން މުހައްމަދު ނިހާން ނާޒިމް އެވެ.
ނިހާން ނިޔާވީ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާާގެ ޖަނާޒާ އޮތީ މިއަދުގެ އަސުރު ނަމާދަށް ފަހު މަސްޖިދުއްތަޢާވުނި -- އާސަހަރާ މިސްކިތުގަ އެވެ.
މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެކްސިޑެންޓުވި ސައިކަލު ދުއްވާފައި ވަނީ އެ އުޅަނދު ދުއްްވުމުގެ ލައިސެންސް އޮންނަ މީހެއް ނޫނެވެ.
ނިހާން އަކީ އޯލެވެލް ހަދަމުންދާ ދަރިވަރެކެވެ. އޭނާ ތައުލީމު ހާސިލުކުރަމުން އައީ އިމާދުއްދީން ސުކޫލުންނެވެ. އެ ސުކޫލުން ވަނީ ނިހާން ނިޔާވުމާއި ގުޅިގެން ހިތާމަފާޅުކޮށް ތައުޒިޔާ ކިޔާފަ އެވެ.
އެކްސިޑެންޓްގައި ނިޔާވި ދަރިވަރުގެ ޖަނާޒާ އަސްރަށް ފަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ