އަކުރަމާއި އިބްރާހިމް، އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ނެގި ކަމުގެ ތުހުމަތު

ދާޚިލީ ވަޒީރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި އަންހެން ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި, ކަމަށް ތުހުމަތުކުރައްވައިފިއެވެ.
މިފަދައިން ތުހުމަތު ކުރައްވައި ވަޒީރު އިހްސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަކުރަމާއި އިބްރާހިމް ވަހީދު މަގުމަތީގައި ތިއްބަވައިގެން، ފޯނުން ފޮޓޯއެއް/ ވީޑިއޯއެއް ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް އާއްމު ކުރައްވާފައެވެ. 
އެ ފޫޓޭޖުން ފެންނަ ގޮތުން، މި ވީޑިއޯ ކޮށްފައިވަނީ އިބްރާހިމް ވަހީދެވެ. އަދި އޭނާ އެ ވީޑިއޯ ކުރީ އަކުރަމް އޭނާ އަތަށް ދޭ ފޯނަކުންނެވެ. 
ފޫޓޭޖް އާއްމު ކުރައްވައި އިހްސާން ކުރި ޕޯސްޓްގައި އޭނާ ވިދާޅުވީ، އަނބިކަނބަލުންނާއި 10 އަހަރުގެ އަންހެން ދަރިފުޅުގެ އެ ވީޑިއޯ ގޮތް ނޭނގޭ ނުވަތަ އެނޮނީމަސް އެކައުންޓަކުން ވަނީ މީސްމީޑިއާގައި އާއްމު ކޮށްފައެވެ.
މިއީ، ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ މީހުން ވެއްޓިފައިވާ ދަށު ދަރަޖަ. އެމްޑީޕީއަކީ، ޒަމާނުއްސުރެ، މުޖުތަމައު ބައިބައިކުރުމާ، މިފަދަ ދަށު ދަރަޖައިގެ ސިޔާސީ ޢަމަލުތައް ހިންގާ ޕާޓީއެއް.
އަލީ އިހްސާން
އަކުރަމާއި އިބްރާހިމް އާއްމު ކުރިކަމަށް ތުހުމަތުވާ ވީޑިއޯގައި ފެންނަނީ، އަންހެނަކާއި ދެ ކުދިން މަގުމަތިން ހިނގާފައިދާ މަންޒަރެވެ. އަދި އެތަނުން އެއް ކުއްޖަކު ބައިސްކަލެއްގައި ދިޔައިރު، ކައިރީގައި ފިރިހެނަކު ހުންނަ މަންޒަރު ފެނެއެވެ. އާއްމު ކުރި ވީޑިއޯގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އެ މީހަކީ، އެ ކުދިންގެ ބޮޑީ ގާޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ