ބްރިޖް މަތީގައި ޕިކަޕެއް ފުރޮޅާލައިފި

ސިނަމާލެ ބްރިޖުން މާލެ އިން ހުޅުމާލަށް ކުނި ބަރުކޮށްގެން ދަތުރި ކުރި ޕިކަޕެއް ފުރޮޅާލައިފި އެވެ.މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރު، އެއިން ފެންނަ ގޮތުގައި އޭގައި ހުރި ކުނިތައް ހުރީ ހައިވޭ ސަރަހައްދަށް ވެއްޓިފަ އެވެ، އަދި އެ ސަރަހައްދުގައި ޓްރެފިކް ފުލުހަކު ހަރަކާތްތެރިވާ ތަން ވެސް ފެނެ އެވެ،ފުލުހުން ބުނީ، މި ޕިކަޕް ފުރޮޅާލަން މެދުވެރިވީ ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް އަރި އަޅާލައި، ފެންސްގައި ޖެހުމުގެ ސަބަބުން ކަމަށެވެ.މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ