ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން، އެމްއެސްޕީއީއޭއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން 10 މާރިޗު 2026 ގައި އެމް.އެސް.ޕީ.އޭ އާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހަޅަފައިވާ ކަންކަމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.
މި ހާލަތުގެ ސަބަބުން މި ސިނާއަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ވަނީ ހިއްސާކުރައްވާފައިވެއެވެ.
މި ދަތި އުނދަގޫ ދަނޑިވަޅުގައި މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ދެއްވަމުންދާ ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މަސްވެރި ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ މަޝްވަރާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ